15 Feb 2025
ވާނުވާގައި ތިބި މީހުން ޝަރުތުތަކެއް ހަމަވާނަމަ، ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން މަޝަވަރާކޮށްފި
ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުޠުހަމަވާ މީހުން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބޭއްވި ބަންދު ފޯރަމްގައި މަޝްވަރާކޮށްފިއެވެ.
03 Feb 2025
ޝަރީއަތް ނިމެނެްދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫން: ތަހުޤީޤީ އިދާރާތައް
ޝަރީއަތް ނިމެނެްދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫންކަމަށާއި، މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ގޮތެއް ކަނޑަނޭޅި ދިގުލައިގެންދިއުންކަމަށް ތަހްޤީޤީ އިދާރާތަކުން ބުނެފިއެވެ.
26 Jan 2025
ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރަން އޭސީސީއަށް އަމުރުކޮށްފި
އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ތަޙުޤީޤުކުރަމުންދާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރު ކުރައްވައިފިއެވެ.
26 Dec 2024
އަލީ ހަމީދުގެ މައްސަލަ އަވަސްކުރަން ޕިޖީން އަންގައިފި
ކުރީގެ މެންބަރު ޢަލީ ޙަމީދުގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަޙުޤީޤު އަވަސްކުރަން ޕިޖީ އެންގައިފިއެވެ.
22 Dec 2024
ބަދަލުދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަންގައިފި
ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފިއެވެ.
19 Dec 2024
"ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ" ސްކީމާގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގަން އަމުރުކުރައްވައިފި
ސަރުކާރުން އިޢުލާނުކޮށްފައިވާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ދެ ސްކީމާ ގުޅޭ، ޖިނާޢީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަމުރުކުރައްވައިފިއެވެ.
25 Nov 2024
މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދަޢުވާ ކުރެވޭ ނިސްބަތް އިންސައްތަ އިތުރު
2023 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ މިންވަރު 112.5 އިންސައްތަ އިތުރުވެފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
27 Oct 2024
ޕީޖީގެ ކުރީގެ ނިންމުންތަކާ މެދު 500އަށް ވުރެ ގިނަ ޝަކުވާ
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ކުރީގެ ނިންމުންތަކާ މެދު ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 500އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.