ޕީޖީ
10 Aug 2024
ޖަލަށް ޑްރަގު ވައްދައިދިން ކަމަށް ތުހުމަތުވި 13 އޮފިސަރުންނަށް ދައުވާކުރަން ފޮނުވައިފި
ޖަލުތަކަށް މަސްތުވާތަކެތި ވެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 13 އޮފިސަރުންނަށް ދައުވާކުރަން ފޮނުވައިފިއެވެ.
28 Jul 2024
ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިތައް ބަލައިނުގަތުމުން ޕީޖީން ސުޕްރީމް ކޯޓަށް
ވ. އާރަށް ކުއްޔަށްދިނުމާ މުޢާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމްކޯޓަށް ހުށަހަޅައިފިއެވެ.
02 Jul 2024
އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރޭ: ޕީޖީ ޝަމީމް
ދިވެހިރާއްޖޭގައި އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ޝަރީޢަތް ނިމެންދެން މިހާރު ބަންދުގައި ތިބޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ތިބި މީހުންނާއި މީހުން މެރުމުގެ ތުހުމަތުގައި ތިބި މީހުންނާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތިބި މީހުންގެ އިތުރުން ޓެރަޒިމްގެ ޢަމަަލު ހިންގުމުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުން، އަދި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.
24 Jun 2024
ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަނީ
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ. ޖުޑިޝަރީ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ، ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށާއި އެ ނިޒާމާ ބެހޭގޮތުން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ޝަމީމް ސިޓީއެއް ފޮނުއްވުމުންނެވެ.
12 Jun 2024
"ޖަޒީރާ" ޓެލެގްރާމް ޗެނަލް މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ތަފާތު ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް "ޖަޒީރާ" ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތަކާ ގުޅިގެން އެ ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9,495,685.55 ރުފިޔާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
06 Jun 2024
ކުށުގެ ރިކޯޑު ދުވަހުން ދުވަހަށް ލިބޭ ގޮތް ޕީޖީ އޮފީހުން ހަމަޖައްސައިފި
ޕީޖީ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ހެނދުނު ހުށަހަޅާ ފޯމްތައް އެ ދުވަހުގެ މެންދުރު 1:30 ގައި ލިބޭނެވެ. އަދި އެ ދުވަހެއްގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމްތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
04 Jun 2024
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާހުކޮށްފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާހުކޮށްފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، "ނިޔާވެހި" ނިއުސްލެޓަރއަކީ އިޖުތިމާއީ ޚިދުމަތުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަށް އަމާޒުކޮށް ނެރެންފެށާ ނިއުސްލެޓަރއެކެވެ. މިއީ ޕީޖީ އޮފީހުން ނެރެން ފެށި ދެވަނަ ނިއުސްލެޓަރއެވެ.
27 May 2024
ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕީޖީއަށް ލިބިގެންވާ ލައިސަންސެއް ނޫން
ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕްރޮސިކިއުޓާ ޖެނަރަލަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށް ބުނެ ހައިކޯޓުން ޕީޖީއަށް އިންޒާރު ދީފިއެވެ.