26 Feb 2024
އަނަސްގެ މަރުގެ މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ޕީޖީ އޮފީސް
މީގެ 6 އަހަރު ކުރިން، ގޭންގެއްގެ ބަޔަކު، އަނިޔާވެރި ގޮތަކަށް މަރާލި ރ.މީދޫ، ފެންފިޔާޒުގޭ, މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ވިސްނާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.