ކުރީގެ ރައީސް ޔާމީން--
ހަބަރު
20 Aug 2024 | 16:16
ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިތައް ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި

ވ. އާރަށް ކުއްޔަށްދިނުމާ މުޢާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުރީގެ ރައީސް ޢަބްދުاللهޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމަށް ނިންމި ނަމަވެސް މި މައްސަލައިގެ އަޑުއެހުންތަކެއް އަދި ފަށާފައެއް ނުވެއެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށާއި މި މުއާމަލާތުގައި ބައިވެރިވާ ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނަޢީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ރައީސް ޔާމީނާއި ޔޫސުފް ނައީމް ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު ހައި ކޯޓުން ނިންމިއެވެ.

އެއާއިއެކު، ހައި ކޯޓުން މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބަޔާންކޮށް ވަނީ އެ ހެކިތައް އެއްފަރާތްކުރުމަށް އަންގާފައެވެ.

މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިޞްލާޙު ކުރެވިދާނެ އިޖުރާއަތަކަށްވާތީ، އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ކަމަށެވެ.

އެހެންކަމުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، މި ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މިމަހުގެ 24 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިގޮތުން ޕީޖީ އޮފީހުން ބުނީ، އެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވާނީ، އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާޢުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުޞަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ބަހުސްކުރުމުގެ ފުރުޞަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ މައްސަލައިގައި ހިމެނޭ އެ ހެކިތަކާ ގުޅޭ ބައި އެކަނިކަން ފާހަގަކުރަމުން ޕީޖީ އޮފީހުން ބުނީ، މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Aug 2026
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގައިފި
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ގަލޮޅު ފަހިވާގޭގެ 7 ވަނަ ފަންގިފިލާގައި ކަމަށެވެ.
15 Aug 2026
އޮޑިން ކަޕްވިނާސްކަޕް ނިންމާލީ މޮޅަކުން
ކަޕްވިނާސްކަޕަށް މި ދެޓީމް އަލްވަދާއި ކިޔާފައިވާއިރު، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ އެވެ
15 Aug 2026
ކޮންޓްރެކްޓްގެ އެއްބަސްވުމުގެ މުއްދަތު އާކުރުމާ ގުޅޭގޮތުން ކަންބޮޑުވުމެއްނެތް: އަޓޭޓާ
ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެމުން އަޓޭޓާ ބުނީ އާސެނަލްގައި ހުންނާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ
15 Aug 2026
މަރުހޫމް ސާންތީ ކޯޗުގެ ހިދުމަތްތަކަށް ޤައުމީ އިނާމް
ސާންތީ ކޯޗް ނިޔާވީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި. އާއިލާގެ ފަރާތުން ޤައުމީ އިނާމާ ހަވާލުވީ ކޯޗްގެ ކޮއްކޮ އަހުސަން އަބްދުލްގަނީ
15 Aug 2026
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ދިވެހި ދައުލަތުން ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އަލްއުސްތާޛު އަޙްމަދު ޝާކިރު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކާއި، މިއަދުގެ މި ޤައުމީ މުނާސަބަތާ ވަރަށް ބޮޑަށް ގުޅި ލާމެހިގެންދާ ކަމެކެވެ
15 Aug 2026
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް، ފަރެސް އާމިރަށް
ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ.
15 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި
ފަސް އަހަރެއްގެ މެދުކެނޑުމަކަށް ފަހު މި ބައްދަލުވުން އަލުން ބާއްވަން ފެށީ 2024 ވަނަ އަހަރުއެވެ
15 Aug 2026
އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރަނީ
ރައީސް ވިދާޅުވީ އިސްލާމް ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާ ނިޒާމީ ގޮތުން ކަށަވަރު ކުރަން ބޭނުންވާކަމަށެވެ