ދަޢުލަތުގެ ޓެކްސް އިދާރާ ހުންނަ އޮފީސް އިމާރާތް....
ހަބަރު
18 Aug 2024 | 15:16
ޓެކުހަށް މަކަރު ހަދާކަން ފާހަގަކުރެވި، މައި ކެމިސްޓްގެ ވެރިޔާގެ މައްޗަށް ދައުވާކުރަނީ

ޓެކްސް ދެއްކުމުގައި މަކަރު ހަދާކަމަށް ތުހުމަތު ކުރެވުމާއި ގުޅިގެން، ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ މައި ކެމިސްޓްގެ ވެރިޔާ ހުސެއިން އިރުފާނުގެ މައްޗަށް ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލޭންޑް ރެވެންނިއު އޮތޯރިޓީ(މީރާ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

މިކަމާއި ގުޅިގެން މީރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ، އިރުފާން، ގަސްތުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭ ކަމަށާއި މިކަން ޖިނާއީ މައްސަލައެއްގެ ގޮތުގައި މީރާއިން ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެގޮތުން، 2018 އަދި 2019 އަށް އިރުފާން ހުށަހަޅާފައިވާ ބީޕީޓީ ބަޔާންތަކާއި 2020 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެކަން ކޮށްފައިވަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ހަމައެއާއިއެކު، މައި ކެމިސްޓް ގޯޑައުން އާ ގުޅޭ އާމްދަނީ އެއްވެސް ވަރަކަށް 2018-2020 އަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނާފައި ނުވާ ކަން ތަހުގީގަށް ހާމަވެފައިވާ ކަން ފާހަގަކުރަމުން މީރާއިން ބުނީ، ޖުމްލަކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީ އެއިދާރާއަށް ރިޕޯޓް ކޮށްފައި ނުވާކަމަށެވެ. 

މީރާގެ ބަޔާނުގައި އިތުރަށް ބުނީ، މައި ކެމިސްޓުން މީރާއަށް ޖުމްލަ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އިތުރަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ކަން އޮޑިޓުން ހާމަވެފައިވާ ކަމަށާއި އަދި އެ ފައިސާ ދައްކަން މީރާއިން އިރުފާނަށް އަންގާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.