04 May 2026
911 ހިމެނޭހެން ފުލުހުންގެ ހޮޓްލައިންތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ
ޓެކްނިކަލް މައްސަލަ ދިމާވި ހޮޓްލައިންތަކަކީ 3322111 އަދި 3322112 އެވެ. މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ގުޅުމަށް ހަމަޖައްސާފައިވާ 911 ނަންބަރަށް ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
03 May 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / އޯކިޑުވިލާ ، ޖާދުﷲ އަޙްމަދު ޤާސިމް (51އ) އެވެ.
03 May 2026
ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސްފި
މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސް ޢާއިލާއާ ހަވާލުކޮށްފިއެވެ.
03 May 2026
މަނާ ތަކެތި މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ފުލުހުން މައުލޫމާތު ދޭގޮތުގައި، މި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ.
02 May 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން 2 މީހުން ހައްޔަރުކޮށްފި
ހައްޔަރުކޮށްފައި ވަނީ ނ. މާފަރު / އަނޫޝާހައުސް، ޢަލީ ފައިޞަލް އާއި ހއ. އުތީމު / ރޭނިގެ، މުޙައްމަދު ރާމިޒް
01 May 2026
ފޯކައިދޫގައި ފުލުސް އޮފިސަރެއްގެ ސައިކަލުގައި ރޯކޮށްލުން: އެކަންކުރި މީހަކު ހޯދާ ފިޔަވަޅު އަޅާނެ
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާ މި އަމަލު ހިންގި މީހާ ހޯދާ ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
29 Apr 2026
ކިނބިދޫގައި މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
މި މާރާމާރީގައި އަނިޔާވި އުމުރުން 36 އަހަރުގެ ފިރިހެން މީހާއަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލު ކޮށްފަ އެވެ.
29 Apr 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފި
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ. މި ތިން މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންކަން ފުލުހުން މައުލޫމާތު ދެއެވެ.