ކޮމިޝަނަ އޮފް ޕޮލިސް އަދި އަޒީޒާ މިސްކިތުގެ ދޮރުފަތުގެ ބިއްލޫރިގަނޑަށް ހަމަލާދީފައި..
ހަބަރު
22 Jul 2026 | 21:37
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަލާލި މީހާ ފުލުހުންނަށް ހައްޔަރު ނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް ހަމަ އެމީހާ އެ މިސްކިތަށް މިރޭ ހަމަލާ ދީފިއެވެ.

ފުލުހުންވެސް ވަނީ އެމީހާ މިސްކިތަށް ހަމަލާދިންކަން ޔަގީންކޮށްދީފައެވެ. މިރޭ ދިން ހަމަލާތަކުގައި މިސްކިތުގެ މައި ދުރުގެ ބިއްލޫރިތައް ވަނީ ތަލާލާފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައިވާ ކަމަށެވެ. އަދި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެމީހާއަށް ފޯރުކޮށްދެނީ ކޮން ބާވަތެއްގެ އެހީއެއްކަމެއް ފުލުހުންނެއް ނުބުނެއެވެ.

މިސްކިތައް ގެއްލުންދިނުމާ ގުޅިގެން ވަގުތީގޮތުން މިސްކިތް ބަންދުކޮށް ސާފްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ..

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ. މިފަހަރު އެމީހާ އެކަން ކޮށްފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ބިއްލޫރިގަނޑު ތަޅާލި ދޮރުފަތް ނަގާފައި.. 

އެމީހާއަކީ އެ މިސްކިތުގައި ނިދާ ހަދާ މީހެއްކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ. ރުޅިއައިސްގެން ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިސްކިތުގައި ނިދާހަދަން ފުރުސަތު ނުލިބުމާއި މިސްކިތުގެ ފާހާނާ ދަންވަރުގަޑީގައި ބޭނުންނުކުރެވޭތީވެ އެކަމުގައި އައި ރުޅިންކަމަށް ބެލެވޭކަމަށް މިސްކިތައް އާއްމުކޮށް ގޮސް އުޅޭ މީހަކު ބުންޏެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ، އެމީހާ ވަނީ އެކި ފަހަރުމަތިން މިސްކިތައް ގެއްލުން ދިނުމުގެ އިތުރުން މިސްކިތުގެ މުއައްޒަފުންނާ މާރާމާރީވެސް ހިންގާފައެވެ.

ފުލުހުން ބުނީ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލަތައް ވަކިވަކިން ބަލަމުން އަންނަކަމަށެވެ. 

ކޮމެންޓް
ވަނާޖުސޭބޯ
ކޮންކަހަލަ އެހީތެރިކަމެއް؟ ބިއްލޫރި ތަޅާނެ މަރުތޭލާ އުކާނެ ގަލާ މިބާވަތުގެ މަސައްކަތައް ބޭނުންވާ ތަކެތި ތޯ؟
23 Jul 2026
ހަލާކުވެނިމިއްޖެ
އެމީހާ އަށް ނިދާނެ ތަނަކާއި ފާޚާނާ ކޮށް ފެންވެރޭނރ ގޮތާއި އަނތްބެއްގެ އެހީތެރިކަންވެސް ފޯރުކޮށްދީބަލަ! އަދި ރުޅިއައިސް ތަންތަން ހަލާކުރާ އެންމެނަށް ވެސް އެމީހަކު ބޭނުން ކޮންމެ ކަމެއް ކޮށްދީބަލަ. އަދަބުދޭނެ ކަމެއް ނެތް.
23 Jul 2026
ފުރުސަތުއޮވެގެންނުވާނެ
މިސްކިތަށް ގެއްލުންދީ މުޞްޙަފުތައް ހަލާކުކުރަންވީމާ، ނަފްސާނީ ބަލިބޮޑުކަމުން ހާލެއްނެތިފަ. މީ އަޖާބެއްނުން؟
23 Jul 2026
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.