ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު: ފޮޓޯ/ ޕޮލިސް
ހަބަރު
21 Jul 2026 | 11:01
އަޒީޒާ މިސްކިތަށް ގެއްލުންދިންތާ 24 ގަޑިއިރު؛ ތުހުމަތުވާ މީހާ ހައްޔަރު ނުކުރޭ

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް ގެއްލުންތަކެއްދިންތާ 24 ގަޑިއިރު ވެގެން ދިޔައިރުވެސް އެ ގެއްލުން ދިން މީހާ ހައްޔަރު ނުކުރާކަން އެނގިއްޖެއެވެ. 

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ފޭސް އެކެއްގައި ހުންނަ މަސްޖިދު އަޒީޒާ މިސްކިތަށް ގެއްލުންދީފައިވަނީ އާދިއްތާ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ މިސްކިތަށް ގެއްލުންދިންކަމަށް ބެލެވެނީ އެރޭ މެންދަމު 03:30 ހާއިރުކަމަށެވެ.

މިސްކިތަށް ދިން ބޮޑެތި ގެއްލުންތަކުގެ ތެރޭގައި ބައެއް ދޮރުފަތްތަކުގެ ބިއްލޫރިތައް ތަޅާލުން ހިމެނެއެވެ.

މީގެ އިތުރުން މިސްކިތު އެތެރޭގައި ހުރި މުސްހަފްތައް އުކާލުމާއި އެތަކެއްޗަށް ގެއްލުންދިންކަމަށްވެސް މައުލޫމާތު ލިބެއެވެ. 

މި ހާދިސާއާ ބެހޭގޮތުން ފުލުހުން އަދި ބުނިހާވެސް އެއްޗަކީ އެ މައްސަލައެއް ހުށަހެޅުނީ ޖުލައި 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރު ކަމަށާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިތޯ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުލުހުން ޖަވާބެއް ނުދެއެވެ.  

މިސްކިތްތަކަށް ދޭތެރެއަކުން ގެއްލުންދޭއިރު، މިސްކިތުގައި ހުންނަ ތަކެތި ވަގަށް ގެންދިއުމަކީވެސް ދޭތެރެއަކުން ހިނގަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ. 

އެޑިޓަރުގެ ނޯޓް
މި ޚަބަރު ލިޔުނުފަހުން ފުލުހުން ވަނީ އެމީހާގެ ޙާލަތައް ރިޢާޔަތްކޮށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި
ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.