ފުލުހުން ހައިވޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން.. ފޮޓޯ: ފުލުހުން
ހަބަރު
21 Jul 2026 | 20:12
ބްރިޖް އަދި ހައިވޭ ފުލުހުންގެ އޮޕަރޭޝަނެއް

ބްރިޖް އަދި ހައިވޭ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ސިނަމާލެ ބްރިޖް އަދި ހައިވޭގައި ފަށައިފިއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މެދުކެނޑުމެއްނެތި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ.

އެގޮތުން ސިނަމާލެ ބްރިޖް އަދި ހައިވޭގައި އުޅަނދު ދުއްވާ ފަރާތްތައް މޮނިޓަރ ކުރުމުގެ ގޮތުން ފުލުހުން އޮޕަރޭޝަނެއް ފެށިއިރު، މި ހަރަކާތުގެ ތެރެއިން މިއަދު ބްރިޖާއި ހައިވޭގެ އެކި ސަރަހައްދުތަކުގައި އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކުރަމުން ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެ އިިތުރުން ދުވެލި މިންކުރާ އާލާތްތައް (ސްޕީޑް ގަން) ބޭނުންކޮށްގެން އުޅަނދުތަކުގެ ދުވެލި ބެލުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ފުލުހުން ހައިވޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން.. ފޮޓޯ: ފުލުހުން

ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމަށާއި، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުން ހުއްޓުވައި، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ. 

ފުލުހުން ހައިވޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން.. ފޮޓޯ: ފުލުހުން

އެހެންކަމުން، ފުލުހުން ވަނީ މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ކަނޑައެޅިފައިވާ ދުވެލީގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް އެދިފައެވެ. މީގެ އިތުރުން އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު ހުރިހާ ފަރާތްތަކަކުންވެސް އުޅަނދު ދުއްވުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ސިނަމާލެ ބްރިޖް އަދި ހައިވޭއަކީ މުޅި ރާއްޖެއަށް ބެލިނަމަވެސް އެއްދިމާލަކުން އެންމެގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދެވެ. މިގޮތުން ގިނަ އެކްސިޑެންޓްތައް ހިނގަނީ ކަނޑައެޅިފައިވާ މިންގަނޑުތަކަށްވުރެ ބާރަށް ދުއްވައިގެން ނުވަތަ އުޅަނދު ދުއްވުމުގެ އިންތަކުން ބޭރުވުމުންކަމަށް ފުލުހުންގެ ތަހްގީގްތަކުން ދައްކައެވެ.

ކޮމެންޓް
އައިބިމްސް
ފުލުހުންގެ އެންގުންތަކައް ތަބާނުވެ މީހުންގެ ފުރާނަޔައް ގެއްލުންވާ ގޮތައް ދުއްވާ އުޅަދުތަކުގެ ރެޖިސްޓްރީ ބާޠިލްކުރަންވީ
21 Jul 2026
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.