25 Dec 2023
މަސީގެ "ބޮޑު ރަސްގެފާނު ލަޤަބު" ރައީސުލްޖުމްހޫރިއްޔާއަށް
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ އެންމެ ފަޚުރުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.
24 Dec 2023
ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ދާއިރާތަކެއް ކަނޑައަޅަނީ
ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ދާއިރާތަކެއް ކަނޑައެޅުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
24 Dec 2023
ބޭރުގެ ކުންފުނިތަކުން މަޝްރޫއުތައް ކާމިޔާބުކުރުމުގައި ޑޮމިނޭޓްކުރުން ނިމުމަކަށް ގެންނަންޖެހޭ: ރައީސް ޑރ.މުއިއްޒު
މިހާރު މިފެންނަ ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބު ކުރުމުގައި ކޮންމެވެސް ގޮތަކުން ބޭރު ކުންފުނިތަކުން ޑޮމިނޭޓް ކުރާ ކުރުން ނިމުމަކަށް ގެނައުމަށް ބުރަ މަސައްކަތެއް ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
24 Dec 2023
އެސްއީޒެޑްގެ ފުރަތަމަ ޕްރޮޕޯސަލް ސަރުކާރަށް ލިބިއްޖެ
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން ފުރަތަމަ ޕްރޮޕޯސަލްގެ ގޮތުގައި ސަރުކާރަށް ސޯލާ އެނާޖީގެ ބިޔަ މަޝްރޫއެއް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.
23 Dec 2023
އދ ގެ ގަރާރަށް ޢަމަލުކުރުމަށް ރައީސް ގޮވާލައްވައިފި
ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާއި ބެހޭގޮތުން އދ އިން މިއަދު ފާސްކުރި ގަރާރަށް އެންމެ އެކަށޭނަގޮތުގައި ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
21 Dec 2023
ހަސަނާއި ރައީސްގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އެނގެންޖެހޭ
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ދަ ޑިމޮކްރެޓްސް ގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އިއްޔެ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލް ޕާޓީ މެންބަރުންނަށް ހާމަ ނުކުރައްވާތީ، އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ދަ ޑިމޮކްރެޓްސް ގެ އިސް އެއް ފަރާތް، ހުސައިން އަމްރު ނުރުހުން ފާޅުކުރައްވައިފިއެވެ.
21 Dec 2023
ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް!
ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނިވަޑައިގަންނަވާހެން ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މި ހަފްތާ ބަންދުގައި ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި މިއަދު ފުރުމަށް ހަމަޖެހިއްޖެއެވެ.
21 Dec 2023
މާލެއާއި ވިލިމާލޭގައި ހުރި ފްލެޓްތައް އަލުން ބިނާކޮށްދިނުމުގެ މަސައްކަތް ފަށަނީ
މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާތީ، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ނުޖައްސައި އެ އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.