ރައީސްގެ ދެމަފިރިކަނބަލުން ޗައިނާގެ ރައީސްގެ ދެމަފިރިކަނބަލުންނާއި އެކު: ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 Jan 2024 | 14:04
ޗައިނާ ދަތުރާއި ގުޅޭ މައުލޫމާތު ދިނުމަށް ރައީސް ޑރ މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޗައިނާގެ ރައީސްގެ ޚާއްޞަ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ. 

މިއަދު 15:15 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލޯންޖްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލު ކުރެއްވުމުގައި ރައީސް ޑރ މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި މަޝްވަރާކުރެވުނު އަދި ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު މުހިއްމު ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވާނެ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއެވެ. 

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ފާހަގަ ކޮށްލެވެނީ ދެ ގައުމުގެ ދެމެދުގައި މުހިއްމު ގިނަ ކަންކަމާކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވި އެއްބަސްވުންތަކުގައި ސޮއި ކުރެއްވި ދަތުރުފުޅަކަށެވެ. 

އެގޮތުން މި ދަތުރުފުޅުގެ އެންމެ ޚާއްސަ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނު "އިންވެސްޓް މޯލްޑިވްސް" ގައި ޗައިނާއިން އެކަނިވެސް ވަނީ 300 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައެވެ. 

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. 

މީގެ އިތުރުން ރާއްޖެއާއި ޗައިނާއާއި ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަންވެސް ރާއީސްގެ ވާހަކަފުޅުގައި ވަނީ ހާމަކުރައްވައިފައެވެ.

މީގެ އިތުރުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ހިއްކަމުންދާ ރަސްމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި 30،000 ހައުސިން ޔުނިޓް އެޅުމަށްވެސް ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވެފައެވެ. 

އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލެގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާއިރު ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 1000 ސްކޮލާޝިޕް ދިނުމަށްވެސް ނިންމާފައެވެ. 

މީގެ އިތުރުންވެސް ގިނަ ކަންކަމާކާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް ހެދިފައިވާއިރު އެކަމާއި ގުޅޭ މުހިއްމު މައުލޫމާތުތައް މިއަދު ރައީސް ޑރ މުއިއްޒު ހިއްސާ ކުރައްވާނެއެވެ. 

މި ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ޗައިނާގެ ރައީސަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތުވެސް އަރުވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.