ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ޗައިނާގެ ރައީސް--ފޮޓޯ/ރައީސް އޮފީސް
ހަބަރު
12 Jan 2024 | 09:41
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެދުގެ ހޮސްޕިޓަލެއް އަޅަނީ

ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެދުގެ ހޮސްޕިޓަލެއް އެޅިގެން ދާނެކަމުގައި ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރަށް ތާޢިދު ހޯއްދެވުމަށް ޗައިނާގައި ހުންނަވާ ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވިޚިތާބެއްގައި ވިދާޅުވީ މި ސަރުކާރުގެ ފަރާތުން ވިލިމާލޭގެ ރައްޔިތުންނަށް ޓަކައި ނުހަނު ގިނަ ގުނަ ކަންތައްތަކެއް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ކޮށްދެއްވާފައިވާނޭ ކަމަށެވެ.

އެގޮތުން ވިލިމާލޭ ފަޅުގައި އާޅަފައިވާ ތެޔޮ ބާޖުތައް ނަގާ ހުޅުމާލެއަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް ވިދާޅުވިއެވެ. އަދި ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހޮސްޕިޓަލުގެ މަސައްކަތް އިރާދަ ކުރެއްވިއްޔާ ޗައިނާގައި، މިހާރު އަޅުގަނޑުމެން މި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭން މިވަނީ މަގުފަހިވެފައި ، ހިލޭ އިރާދަ ކުރެއްވިއްޔާ އެހޮސްޕިޓަލް،  100 އެދުގެ ޓާރޝަރީ ހޮސްޕިޓަލް އެޅިގެންދާނެ " 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހިންގަވާ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންފުޅު ވެލައްވަނީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިންކަމަށް ވާއިރު ސަރުކާރަށް ތާޢިދުކުރައްވާ ކެންޑިޑޭޓަކު މާލޭގެ މޭޔަރެއްގެ ގޮތުގައި އިޚްތިޔާރު ކުރުމަކީ ވަރަށް މުޙިއްމުކަމެއް ކަމުގައެވެ.

އެހެންކަމާއި އެކު އެމަނިކުފާނުގެ ޚިޠާބުގައި ވިލިމާލޭގެ ރައްޔިތުންގެ ކިބައިން އެދިލެއްވީ މި ސަރުކާރުގެ ތަރައްޤީގެ މަސައްކަތް މަޑު ނުޖެހި ކުރިއަށް ގެންދިއުމަށްޓަކައި މޭލޭ މޭޔަރަކު ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުގައި ސަރުކާރުގެ ކެންޑީޑޭޓް އާޒިމާއަށް ވޯޓް ދެއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.