ޖަމްޢިއްޔަތުއްސަލަފު
01 May 2025
އެންމެ އިންތިޒާރު ކުރަނީ ވަޤުފާ ބެހޭ ޤާނޫނެއް ވުޖޫދުވާނެ ދުވަހަކަށް، މިހާރުވެސް ލަސްވެެއްޖެ: ޝެއިހް ސަމީރު
އެހެން ކަމުން ވަޤުފުގެ މަޝްރޫއުތަކަށް ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަށް އެފަދަ ޤާނޫނެއް ވުޖޫދުވުން އަވަސްވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
01 May 2025
ޖަމިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާހުކޮށްފި، 63 ޢިލްމުވެރީން ހިމެނޭ
ސަލަފުގެ ދުޢާތުންގެ މަޖްލީހުގައި 63 އިލްމުވެރީން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ 10 އިލްމުވެރީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
01 May 2025
ދައުވަތުގެ މަސައްކަތުގައި އެންމެ ވިދާ ޚިދުމަތްތެރި ނަމަކީ ސަލަފުކަމާމެދު އެއްވެސް ޝައްކެއްނެތް: ވަޒީރު
"ހަގީގަތުގައި ވެސް ވޭތުވެދިޔަ 19 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ދީނީ ތައުލީމު ފުޅާކޮށް ދީނީ ދައުވަތުގެ މަސައްކަތުގައި އެންމެ އަރާހުރި އަދި އެންމެ ވިދަމުންދާ އަދި އެންމެ ޚިދުމަތްތެރި ނަމަކީ ޖަމިއްޔަތުއް ސަލަފު ކަމާމެދު އެއްވެސް ޝައްކެއް ނެތް,"
01 May 2025
ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މާދަމާ، ދުއާތުންގެ މަޖްލީސް އިފްތިތާހު ކުރާނެ
އެ ހަފްލާ އޮންނާނީ މާދަމާ ހެނދުނު އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މި ހަފްލާގައި ފަންސާހަކަށް ދީނީ އިލްމުވެރިން ބައިވެރި ވަޑައިގަންނަވާނެއެވެ.
27 Apr 2025
”ޘަޤާފަތުގެ ތެރެއިން ކުރަމުން އައި ކަންކަމަށްވުރެ، އިސްކަންދޭންވާނީ ދީނަށް“
ޘަޤާފަތުގެ ތެރެއިން ކުރަމުން އައި ކަމެއް ނަމަވެސް، ޝަރުޢީ އުސޫލުން ބަލާއިރު އެކަން މަނާވާނަމަ، ޘަޤާފަތަށްވުރެ ބޮޑަށް އިސްކަންދޭންވާނީ އިސްލާމް ދީނަށް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
27 Apr 2025
ޒުވާނުން މަގުފުރައްދާފައި ޤިޔާމަތްދުވަހުން ދޭނީ ކޮން ޖަވާބެއް؟
މުސްލިމުން ފާހަގަކުރަމުންދާ، މުސްލިމުންގެ ދެ ޢީދުގައި، ބާއްވަމުންދާ މިޔުޒިކް ޝޯވް ތަކަށް ހޭދަކުރާ ފަރާތްތަކުން ޤިޔާމަތް ދުވަހުން ކުރިމަތިލާން ޖެހިދާނެ ބިރުވެރިކަމާމެދު، ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙުމަދު ސަމީރު، އިންޒާރުދެއްވައިފިއެވެ.
17 Mar 2025
"ސަލަފު ރޯދަ ހަދިޔާ" އިވެންޓަށް ބޮޑު ތަރުހީބެއް، ތިންލައްކައަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމް
ރޭ އޮތް އިވެންޓް ގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް 101 އިނާމު ދީފައިވެ އެވެ. އޮންލައިން ކޮށް ބައިވެރިވި މީހުންގެ ތެރެއިން 10 މީހަކަށް ވެސް ވަނީ ފައިސާގެ އިނާމު ދީފަ އެވެ.
16 Mar 2025
ކޮބާ ތައްޔާރު! ސަލަފުގެ ރޯދަ ހަދިޔާ އިވެންޓް މިރޭ، 101 އިނާމު ދޭނެ
މި އިވެންޓް އޮންނާނީ މިރޭ 9:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓް ގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް 101 އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.