ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާހު ކުރުން
ހަބަރު
01 May 2025 | 15:33
ޖަމިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާހުކޮށްފި، 63 ޢިލްމުވެރީން ހިމެނޭ

ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާހް ކޮށްފި އެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ހޯލުގައި އޮތް ޖަމްޢިއްޔަތުއްސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމުގެ ރަސްމިއްޔާތުގައި ސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާހް ކޮށްދެއްވީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު އެވެ.

ސަލަފުގެ ދުޢާތުންގެ މަޖްލީހުގައި 63 އިލްމުވެރީން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ 10 އިލްމުވެރީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޖަމްޢިއްޔަތުއްސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުން 

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެ އިލްމުވެރީންގެ މައުލޫމާތު ހިމެނޭ ހާއްސަ ރިޕޯޓެއް ގެނެސްދީފަ އެވެ.

އަދި ޖަމިއްޔަތުއްސަލަފުން ކުރަމުންދާ މަސައްކަތްތަކާއި އެ ޖަމިއްޔާ ހިންގަމުންދާ ގޮތުގެ ތަފްސީލީ މައުލޫމާތު ހިމެނޭ ރިޕޯޓެއް ވެސް ވަނީ ގެނެސްދީފަ އެވެ.

ސަލަފުގެ މަޖްލިސުއްދުޢާތު އިފްތިތާހް ކުރުމުގެ ހަފްލާއަށް ފަހު މިއަދާއި މާދަމާ "ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 1446-2025" ކުރިއަށް ދާނެކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ޖަމްޢިއްޔަތުއްސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމުގެ ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު ވާހަކަދައްކަވަނީ

މި މަސައްކަތު ބައްދަލުވުމުގައި ދަރުސް ދިނުމުގެ ތަފާތު ހުނަރު ތަކާއި ބެހޭ ފަންނީ ހުނަރު ތަކާ ބެހޭ ހާއްސަ ސެޝަންތައް ކަމާބެހޭ ތަޖުރިބާކާރުން ނައްގަވާދެންވާނެއެވެ.

އެގޮތުން ދިވެހި ބަހުގެ ގަވާއިދާ ތަގުރީރު ކުރުމުގެ ހުނަރު ތައް އަދި އިމޯޝަނަލް އިންޓެލިޖެންސް ފަދަ ސެޝަންތައް ހިމެނެއެވެ.

މީގެ އިތުުރުން ތަފާތު އިލްމުވެރިން ދަރުސް ދެއްވާ ގޮތާ ބެހޭގޮތުން އެބޭފުޅުންގެ އަމިއްލަ ތަޖުރިބާއާއި ދިވެހި ރާއްޖޭގެ ދީނީ ހޭލުންތެރި ކަމުގެ ތާރީހާ ބެހޭ ޕެނަލް ޑިސްކަޝަން އެއްވެސް ކުރިއަށްދާނެ އެވެ.

ޖަމްޢިއްޔަތުއްސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުން 

އަދި ދައުވަތުގެ މައިދާނުގައި ދިމާވާ ތަފާތު އެކި އެކި ކަންކަމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރުންވެސް ކުރިއަށް ދާނެއެވެ.

ޖަމިއްޔަތުއް ސަަލަފަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑަށް އެންމެ ފުޅާކޮށް މަސައްކަތް ކުރާ ޖަމިއްޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.