ޗެމްޕިއަންކަން ހޯދި ސަލަފު ޓީމް
ކުޅިވަރު
10 May 2025 | 20:15
އެއްވެސް މެޗަކުން ބަލިނުވެ ބިގްމޭން ސުޕަ ކަޕް 2025 ޖަމިއްޔަތުއްސަލަފުގެ ޓީމުން ކާމިޔާބު ކޮށްފި

ފަތިސް ލީގުން އިންތިޒާމް ކުރި “ބިގްމޭން ސުޕަ ކަޕް 2025” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޖަމިއްޔަތުއްސަލަފްގެ ޓީމް ހޯދައިފި އެވެ.

އެއްދުވަހުގެ މި މުބާރާތަކީ ފަތިސްލީގުން އިންތިޒާމް ކުރަމުން އަންނަ މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ.

މިއަދު ހެނދުނު، ހުޅުމާލެ، ފޭސް2ގެ ފުޓްސަލް ދަނޑުގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމުން ބައިވެރިވެފައިވެއެވެ. މިއީ ދީނީ ކަންކަމަށް ލޯބިކުރާ އަހުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު އާލާކޮށް، އިސްލާމީ ގިއުގަނޑުގެ ތެރެއިން އުފާފައުޅު ކުރުމުގެ ގޮތުން ފަތިސް ލީގުގެ ފަރާތުން އިންތިޒާމް ކުރަމުން އަންނަ މުބާރާތްތަކެކެވެ.

ޗެމްޕިއަންކަން ހޯދި ސަލަފު ޓީމް

ދެ ގުރޫޕަށް ބަހާލައިގެން ކުޅެނު މިމުބާރާތުގެ ފައިނަލާ ހަމައަށް ޓީމް ސަލަފުން ވާސީލުވީ، އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ، ގުރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައި 10 ޕޮއިންޓު ހޯދައިގެންނެވެ.

ޓީމް ސަލަފުން ފައިނަލްގައި ކުޅެފައިވަނީ ގުރޫޕް ބީ އިން 2 ވަނަ ޓީމުގެ ގޮތުގައި ސެމީގައި ކުޅެ މެޗު ކާމިޔާބުކޮށްގެން ފައިނަލަށް ދިޔަ، ޓީމް ރަފަހަ އާއެވެ.

ޗެމްޕިއަންކަން ހޯދި ސަލަފު ޓީމް

ފޯރިގަދަ ކުޅުންތަކެއް ފެނިގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ޓީމް ސަލަފުން ހޯދާފައިވަނީ، ފައިނަލްމެޗުގައި ޓީމް ރަފަހަ އާކުޅެ  ވަގޔތު ހަމަވިއިރު އެއްވެސް ކޮޅަކަށް ލަނޑެއް ޖެހިފައި ނުވާތީ، ޕެނަލްޓީ ޖަހައިގެން، 2–0 ގެ ނަތީޖާއަކުންނެވެ. ގުރޫޕް ސުޓޭޖްގައި ކުޅެވުނު މެޗުތަކުން ޓީމް ސަލަފުގެ ކޮޅަށް އެއްވެސް ގޯލެއް ވަދެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

2023 ވަނަ އަހަރު ބޭއްވި، “ފަތިސް ލީގު ފުޓްސަލް ކަޕް 2023” ގައި ބައިވެރިވެ، އެ މުބާރާތުގެ ޗެމްޕިއަންކަންވެސް ޓީމް ސަލަފުން ވަނީ ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.