ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު
ހަބަރު
01 May 2025 | 15:09
ދައުވަތުގެ މަސައްކަތުގައި އެންމެ ވިދާ ޚިދުމަތްތެރި ނަމަކީ ސަލަފުކަމާމެދު އެއްވެސް ޝައްކެއްނެތް: ވަޒީރު

ދީނީ ދައުވަތުގެ މަސައްކަތުގައި އެންމެ ވިދަމުންދާ ޚިދުމަތްތެރި ނަމަކީ ޖަމިއްޔަތުއް ސަލަފުކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޖަމިއްޔަތުއް ސަލަފުގެ ދުޢާތުންގެ މަޖިލީސް އިފްތިތާހު ކޮށް ދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިދިޔަ 19 ވަރަކަށް އަހަރު ރާއްޖޭގައި ދީނީ ތައުލީމު ފުޅާކޮށް ދީނީ ދައުވަތުގެ މަސައްކަތުގައި އެންމެ އަރާހުރި އަދި އެންމެ ވިދަމުންދާ އަދި އެންމެ ޚިދުމަތްތެރި ނަމަކީ ޖަމިއްޔަތުއް ސަލަފު ކަމަށެވެ.

އަދި ވިދާޅުވީ ދައުވަތުގެ މަސައްކަތަށް އެންމެ ފަސޭހަ ނޫން ދުވަސްތަކުގައި އެ މަސައްކަތް އެ ޖަމިއްޔާ އިން ކޮށްފައި ވަނީ ވަރަށް ހިކުމަތްތެރިކަމާއެކު ކަމަށް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ އިލްމުވެރީންގެ މަސައްކަތް ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.

ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމުގެ ރަސްމިއްޔާތު

"ހަގީގަތުގައި ވެސް ވޭތުވެދިޔަ 19 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ދީނީ ތައުލީމު ފުޅާކޮށް ދީނީ ދައުވަތުގެ މަސައްކަތުގައި އެންމެ އަރާހުރި އަދި އެންމެ ވިދަމުންދާ އަދި އެންމެ ޚިދުމަތްތެރި ނަމަކީ ޖަމިއްޔަތުއް ސަލަފު ކަމާމެދު އެއްވެސް ޝައްކެއް ނެތް,"

ވަޒީރު ވަނީ ދީނަށް ދައުވަތު ދިނުމާއި ދީނީ މައުލޫމާތު ފެތުރުމުގައި ޒަމާނީ ގޮތްތަކާއި ވަސީލަތްތަކުގެ ބޭނުން ހިފުމަށް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ ޒުވާނުންގެ ވިސްނުން ދަނީ ބަދަލުވަމުން ކަމަށާ އެހެން ކަމުން އެ ޒުވާނުންނަކީ އިސްލާމް ދީނުގެ ސިފަތައް ލިބިގެންވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާހު ކުރެވުނު ޖަމިއްޔަތުއް ސަލަފުގެ ދުޢާތުންގެ މަޖިލީހުގައި ޖުމްލަ 63 އިލްމުވެރީން ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.