ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ
ހަބަރު
07 Jul 2025 | 16:51
ސަލަަފުގެ ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމަށް އަކްރަމް

ޖަމިއްޔަތުއް ސަލަފުގެ ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ހަމަޖައްސައިފި އެވެ.

އެކަން އެ ޖަމިއްޔާ އިން އިއުލާނުކޮށްފައި ވަނީ ނިމިދިޔަ އަލްހާ އީދު ފާހަގަކުރުމުގައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރި ޖަމިއްޔާތަކާއި ކައުންސިލްތައް ފާހަގަކޮށް ހިތްވަރު ދިނުމަށް ބޭއްވި ހަފްލާގަ އެވެ. އެ ހަފްލާގައި ވަނީ ޖަމިއްޔަތުއް ސަލަފުން މުޅީން އަލަށް ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމު އުފައްދާފައިވާކަން އިއުލާނު ކޮށްފަ އެވެ.

އަދި އެ މަގާމަށް އަކްރަމް އައްޔަނުކޮށްފައިވާކަން އިއުލާނުކޮށް އެކަމުގެ ލިޔުން ވަނީ އަކްރަމްއާ ހަވާލުކޮށްފަ އެވެ. ލިޔުން ހަވާލުކޮށް ދެއްވީ ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމިއްޔާގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް އެވެ.

އަކްރަމަށް ލިޔުން ހަވާލުކޮށް ދެއްވަނީ 

އަކްރަމަކީ ދިވެހި ކުޅުންތެރީންގެ ތެރެއިން އާންމުންގެ މެދުގައި އެންމެ ބޮޑު އިހްތިރާމަކާއި ލޯތްބެއް ހޯދި އެއް ކުޅުންތެރިޔާ އެވެ. އެކަމުގެ ސަބަބަކީ އޭނާގެ ކިބައިގައިވާ ހެޔޮ އަހްލާގާއި ލީޑާޝިޕެވެ.

ދީނީ ކަންކަމަށް ވަރަށް ބޮޑު ފަރުވާތެރި ކަމެއް ބަހައްޓާ އަކްރަމް ވަނީ ކުޅިވަރުގައި ވަރަށް ފަހުރުވެރި ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ.

ޖަމިއްޔަތުއް ސަލަފުން ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތަކުގައި ވެސް ވަރަށް ގިނައިން އަކްރަމް ބައިވެރިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ