ސިނަމާލެ ބްރިޖް
26 Sep 2023
"ހުޅުލެ ބްރިޖަށްވުރެ އަވަހަށް ތިލަމާލެ ބްރިޖް ނިމޭނެ"
ތިލަމާލެ ބްރިޖުގެ ތަނބެއް ނުފިގެން އިދިކޮޅުން "ހަޖޫޖެހިޔަސް" އެ ބުރިޖުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް ކަމަށާއި ހުޅުލެ ބުރިޖުގެ މަސައްކަތަށްވުރެ އަވަހަށް ތިލަމާލެ ބްރިޖް ނިމޭނެކަމަށް ބެލެވޭކަމަށް ކަމަށް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
02 Sep 2023
ބުރިޖުގައި އިތުރު ލޭނެއް އަޅަން ވައުދުވުމުން ސައީދު ފާޑުވިދާޅުވެއްޖެ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެވަނަ ދައުރެއްގައި ސިނަމާލޭ ބްރިޖުގައި އިތުރު ލޭނެއް އަޅުއްވަން ވަޢުދުވެވަޑައިގެންފައި ވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގަންވަން ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދު ކަމުގައިވާ ތިލަމާލޭ ބްރިޖުގެ މަޝްރޫއު އަށް ވާނުވާވެސް އެނގިވަޑައި ނުގަންނަވާ ކަމަށް، ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
29 Aug 2023
"ސިނަމާލެ ބްރިޖުން ފީ ނަގާނެ ކަމަށްބުނެ ފަތުރަނީ ދޮގު"
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖުގެ ބޭނުންކުރާ މީހުން އަތުން ފީއެއް ނަގާނެ ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް، އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
28 Aug 2023
"ހުޅުމާލޭ ފޭސް 2 ހިއްކަން ހަވާލުކުރީ އަޅުގަނޑު"
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއި ކުރެވުނު މަޝްރޫޢު އެއް ކަމަށާ، އަދި ސިނަމާލޭ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ނެތް ކަމަށް ނުވާނެ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
23 Aug 2023
މާދަމާ ލިންކު ރޯޑުގެ ބައެއް ހިސާބުތައް ބަންދު ކުރަނީ
ހުޅުމާލެ ލިންކު ރޯޑުގެ ބައެއް ހިސާބުތައް މާދަމާ ބަންދު ކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
06 Aug 2023
މިއަދުވެސް އުދައަރާފާނެ، ސައިކަލު ނުދުއްވާ: ފުލުހުން
މިއަދުވެސް މާލެއަށް އުދައަރާފާނެތީ އުދައަރާ ސަރަހައްދުގައި ސައިކަލު ނުދުއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
05 Aug 2023
މާލެއާއި ހުޅުމާލެއާއި ދެމެދު ޒަރޫރީ ދަތުރުތައް މެނުވީ ނުކުރޭ: ފުލުހުން
އުދައަރަމުންދާތީ ހުޅުމާލެ އާއި މާލެއާއި ދެމެދު ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
16 Jul 2023
ބްރިޖްގައި އެރޯ ޓްރެފިކް ލައިޓް ހަރުކުރަނީ
ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް އެރޯ ޓްރެފިކް ލައިޓް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
05 Jul 2023
ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތަކެއް ވިއްސައިގެންގޮސްފި
ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ވަނީ ފާހަގަވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
13 Jun 2023
ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުއް މީހަކު ހޯދަނީ
ސިނަމާލެ ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓްގެ މަންޒަރު ދުއް މީހަކު ހުރިތޯ ބަލަން ފަށައިފިއެވެ.