ސިނަމާލެ ބުރިޖު
ހަބަރު
30 Jan 2024 | 09:08
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު 3 އަހަރަށް ޗައިނާއިން ހިލޭ ކޮށްދެނީ

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ހިލޭ އެހީގެ ދަށުން ކޮށްދޭން ޗައިނާ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބެވެ.

އެޕްރޮގްރާމުގައި ވާހަކަދައްވަމުން މިނިސްޓަރ ރޭ ވިދާޅުވީ ސިނަމާލެ ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިންމުމަށް ފަހު، ބްރިޖު ހެދި ކުންފުނިން ދެ އަހަރު ވަންދެން އެ ތަނުގެ މެއިންޓެނަންސްގެ ކަންކަން ވަރަށް ރަނގަޅަށް ބެލަހައްޓަވާފައިވާކަމަށެވެ. ނަމަވެސް، އޭގެ ފަހުން ކޮންޓްރެކްޓް އާ ނުކުރެވި މެއިންޓެނަންސްގެ ކަންކަން ރަނގަޅަށް ކޮށްފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޭގެ ފަހުން ކުނި ކަހައި ސާފުކުރުން ފިޔަވައި މެއިންޓެނަންސްގެ މާ ބޮޑު ކަމެއް ނުހިނގާ،" ތަފުސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާގެ އެކުވެރި ގުޅުން ރަމްޒު ކޮށްދޭ ބިނާ، ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ އިތުރަށް ވިދާޅުވީ ބްރިޖުގެ މެއިންޓެނަންސް އަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ބްރިޖުގެ އެކްސްޕޭންޝަން ޖޮއިންޓުތައް ވެސް ބަރާބަރަށް ސާފުކުރަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެކަން ވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި ކޮށްފައި ނުވާކަމަށެވެ.

"ޗައިނާ ސަރުކާރުން އަނެއްކާ ވެސް އެއްބަސްވެފައި އެބައޮތް އިތުރު ތިން އަހަރަށް ހިލޭ އެހީގެ ދަށުން އެކަން ކޮށްދެއްވަން. ކޮންޓްރެކްޓާ ވެސް އައިޑެންޓިފައި ކޮށްފައި، ކޮންޓްރެކްޓާ ވެސް ހޮވައިފައި އޮތީ އަދި ސޮއިނުކޮށް،" ރޭގެ ޕްރޮގްރާމުގައި މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ރާއްޖެ އާއި ޗައިނާގެ އެކުވެރި ގުޅުން ރަމްޒު ކޮށްދޭ ސިނަމާލެ ބްރިޖަކީ މިހާތަނަށް ރާއްޖޭގައި ހިންގުނު  އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާއިރު އެތަނަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު، ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ.

މި ސަރުކާރުން ބުނެފައި ވަނީ ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް މަސައްކަތްތައް ފުރިހަމަކޮށް ބުރިޖު ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.