އިންޑިއާއަށް އެތެރެކުރާ ސްޓީލުން ޓެރިފެއް ނަގަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިއާގެ ސްޓީލް އިންޑަސްޓްރީގެ ވިޔަފާރިއަށް މަގުފަހިކުރުމުގެ ގޮތުން، ސްޓީލް އިމްޕޯޓާއެކު ޓެރިފެއް ނެގުމަށް އިންޑިއާއިން ނިންމައިފިއެވެ.
ޗައިނާއިން އަގުހެޔޮކޮށް އިންޑިއާއަށް އެތެރެކުރާ ސްޓީލްގެ ސަބަބުން އިންޑިއާގެ ސްޓީލް ސިނާޢަތަށް ދިމަވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ނަގަން ނިންމި މި ޓެރިފްގެ ނިސްބަތަކީ 12 އިންސައްތައެވެ. ވަގުތީ ގޮތުން ނަގާ މި ޓެރިފް ނަގާނީ އިއްޔެއިން ފެށިގެން 200 ދުވަހުގެ މުއްދަތަކަށެވެ.
ޗައިނާއިން އެތެރެކުރާ ސްޓީލްގެ ސަބަބުން އިންޑިއާގެ ސްޓީލް އުފައްދާ ބައެއް ކާރުޚާނާތަކުގެ މަސައްކަތުގެ ދުވެލި މަޑުޖެހި، ބައެއް ތަންތަން ބަންދުކުރަން ޖެހިދާނެކަމުގެ ބިރު ހީވެފައިވާއިރު، މި ޓެރިފްއަކީ 'ރައްކާތެރިކަމުގެ ފިޔަވަޅެއް'ގެ ގޮތުގައި އިންޑިއާގައި ވަނީ ސިފަކޮށްފައެވެ.
އިންޑިއާއަކީ މިހާރުވެސް ދުނިޔޭގައި ސްޓީލް އުފައްދާ ދެވަނައަށް އެންމެ ވަރުގަދަ ގައުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް