ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށް
ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
އަދި ފުރާޅުގެ ބީމް މަސައްކަތްތަކުގެ 81 އިންސައްތަ ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 5.99 މިލިއަން ރުފިޔާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް