އައްޝައިޚް ޢަބްދުالله އާމިރު-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އައްޝައިޚް ޢަބްދުالله އާމިރު-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން 03 Apr 2023 | 06:58

ކާމިޔާބީއާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރި މީހަކަށް: އައްޝައިޚް އާމިރު

ކާމިޔާބީއާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރި މީހަކަށްކަމަށް އައްޝައިޚް ޢަބްދުالله އާމިރު ވިދާޅުވެއްޖެއެވެ. އައްޝައިޚް އާމިރު މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ 6 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

“އިސްލާމީ ނަޒަރަކުން ވަގުތު” މި މައުޟޫޢަށް ކުޅުދުއްފުށި ސިޓީގައި ތަޤްރީރުކުރެއްވީ އައްޝައިޙް ޢަބްދުالله އާމިރު އަދި އައްޝައިޚް ޢަލީ ޒައިދުއެވެ.

ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް އާމިރު ވިދާޅުވީ ވަގުތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރެވޭނީ ހަޔާތުގެ ލަނޑުދަނޑިއެއް އޮތް މީހަކަށް ކަމަށެވެ. ދުނިޔެމަތީގައި ލިބޭ ކާމިޔާބީތަކަކީ ވަގުތީ ކާމިޔާބީތަކެއްކަމަށާއި ނަމަވެސް ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުންކަމުގައި ވިދާޅުވިއެވެ. މާތްالله ގެ ވަޙީ ބަސްފުޅުތަކަށް ބައްލަވަމުން ޝައިޚް ވިދާޅުވީ ސުވަރުގެ ވަންނަ މީހާ ކާމިޔާބުވެއްޖެކަމަށް މާތް الله ވަޙީ ކުރައްވާފައިވާ ކަމަށާއި ކާމިޔާބާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރާ މީހާއަށް ކަމަށެވެ.

ސުވަރުގެއާ ހަމައަށް އިންސާނާއަށް ދެވޭނީ ޒުވާން އުމުރުގައި ހެޔޮކަންތައްކޮށް މާތްالله އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓައި ވަގުތު ހެޔޮގޮތުގައި ބޭނުން ކުރުމުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އިންސާނެއްގެ އެއްދުވަސް ހޭދަކުރާ ގޮތަށް ބަލައި، މާތް اللهގެ ރުއްސެވުން ހޯދުމަށްޓަކައި މަސައްކަތް ކުރެވެނީ ކިހާ ވަގުތަކަށްތޯ ސުވާލުކުރެއްވިއެވެ.

މުސްލިމެއްގެ ހަޔާތުގެ ކޮންމެ ކަމެއްވެސް ބިނާވާންޖެހޭނީ ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ދުނިޔަވީ މަސައްކަތްތަކާއި އާއިލާއާއި އަމިއްލަ ނަފްސަށް ވަގުތު ދީގެން ކަމަށާއި މިކަންކަމަށް ވިސްނަން ޖެހޭކަމަށް ޝައިޚް އާމިރު ވިދާޅުވިއެވެ.

ޝައިޚް އާމިރު ވަނީ ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންކަމަށްވެސް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އެގޮތުން ފަހުން ކަންކަން ކުރުމަށް ނުބެހެއްޓުމާއި ބައެއް ކަންކަމުގައި ނޫނެކޭ ބުނުމުގެ މުހިންމުކަމާއި ކުރަންޖެހޭ ކަންކަން ބަދަލު ކުރިއަސް ކުރާ ކަންކަން ދޫކޮށް ނުލުމާއި، އެއްކަހަލަ ކަންކަން އެއް ވަގުތެއްގައި ކުރުމުގެ މުހިންމުކަމަށް ވަނީ ބައްލަވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި
27 Oct 2026 ހަބަރު

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައެވެ.

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
24 Oct 2026 ހަބަރު

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި
20 Oct 2026 ހަބަރު

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އިތުރުން، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ފަހުން ވެސް ފުލުހުންގެ ހާޒިރުގައި ބޭބެއާ ދިމާއަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެއިތުރުން، ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކު އެތަނުގައި ތިއްބައި، އެ މީހުންނާ ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށް ވެސް ދަޢުވާގައިވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް
18 Oct 2026 ހަބަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރުމަށް، ރަށުގެ ބުޅާތައް ހިފައި ނިއުޓާކުރުމަށްފަހު އަލުން ދޫކޮށްލާ ޕްރޮގްރާމެއް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި
17 Oct 2026 ހަބަރު

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ މުވައްޒަފުންގެ މުސާރަ ނުހިމަނައި، މިނިސްޓްރީގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި ތަސައްވުރުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފްގެ 8 މަޝްރޫއެއް ނިންމުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.