ބަރުލަމާނީ ނިޒާމަށް ޢަދާލަތުންވެސް ބުނީ ނޫނެކޭ
ވެރިކަމުގެ ނިޒާމަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ޢަދާލަތު ޕާޓީ އިން ވެސް ނޫނެކޭ ބުނެފިއެވެ.
ޢަދާލަތު ޕާޓީ އިން ބުނެފައިވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް ނިންމައިފައިވާ ކަމަށެވެ.
ވެރިކަން ކުރާ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ހުށައެޅީ ދަ ޑިމޮކްރެޓްސް އިންނެވެ. މިހާރު ވެރިކަން ކުރާ އެމްޑީޕީ އިން ވެސް ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފައެވެ. އަދި މިހާރު އިންތިޚާބު ވެފައިވާ ރައީސް ޑރ މުޙައްމަދު މުޢިއްޒުވެސް ހުންނެވީ ބަރުލަމާނީ އަށް ތާއީދު ކުރައްވާ ގޮތަކަށް ނޫނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވެސް ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ވިދާޅުވެފައެވެ.
ޢަދާލަތު ޕާޓީ އަކީ 2018 ވަނަ އަހަރުން ފެށިގެން އެމްޑީޕީ ގެ ކޯލިޝަންގެ މެމްބަރެކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ޢަދާލަތު ޕާޓީ އިން މަސައްކަތް ކޮށްފައިވަނީ އެމްޑީޕީ އާއި އެކު ރައީސް ޞާލިޙްގެ ވެރިކަން ދެމެހެއްޓުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް