ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް
ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް
ދުނިޔެ 04 Nov 2022 | 10:31

އދ.ގެ މެންބަރުކަން ހޯދަން ޢަރަބީންގެ އެހީތެރިކަން އިތުރަށް ބޭނުންވޭ: ފަލަސްތީން

އ.ދ.ގެ މެންބަރުކަން ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތްތަކަށް ޢަރަބި ޤައުމުގެ އެއްބާރުލުމާއި އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވެފައިވާ ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެެއެވެ.

އަލްޖީރިޔާގައި ކުރިއަށްދިޔަ ޢަރަބި ލީގުގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މަހްމޫދު އައްބާސް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުން ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގައި ދިރިއުޅޭތާ މިހާރު 74 އަހަރު ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނިންމުންތަކަށް ފަލަސްޠީނުގެ ރައްޔިތުން އިޙުތިރާމު ކުރޭ. ނަމަވެސް، އިސްރާޢީލުން އެ ދަނީ ދެ ދަޢުލަތް ޤާއިމު ކުރުމަށް ދެކޮޅު ހަދަމުން. އެ ކަމަށް ހުރަސް އަޅަމުން. ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރަމުން،" އައްބާސް ވިދާޅުވިއެވެ.

މިއާއެކު އައްބާސް ވިދާޅުވީ، އަދި އަދަށްވެސް ފަލަސްޠީނުގެ ރައްޔިތުންގެ ބިންތަކަށް ވެރިވެގަތުމަށް ޔަހޫދީން ހިންގަމުންދާ އަމަލުތަކަށް ހުއްޓާލާފައި ނުވާކަން ފާހަގަކޮށް އޭގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ބިރުވެރިކަމާއި އަޅުވެތިކަމަށް ނިމުމެއް ނެތް ކަމުގައި ވިދާޅުވެފައެވެ. ވުމާއެކު އެކަން ނިމުމަކަށް ގެނައުމަށް އދ. މެންބަރުކަން ބޭނުންވާއިރު އެކަން ވާން އޮތީ އަރަބި ގައުމު ތަކުގެ އެހީ އިތުރަށް ލިބިގެން ކަމަށްވެސް އައްބާސް ފާހަގަކުރެއްވިއެވެ.

"ފަލަސްޠީނަށް އ.ދ.ގެ މެންބަރު ކަން ލިބެން އޮތީ ޢަރަބި ލީގުގެ މެންބަރު ޤައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު،" އައްބާސް ވިދާޅުވިއެވެ.

މި ސަމިޓުގައި ވާހަކަ ދައްކަވަމުން އަރަބި ގައުމުތަކުންވަނީ އައްބާސްގެ އެ ވާހަކަތަކަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ ވެސް ވަނީ ފަލަސްތީނަށް މިނިވަންކަން ހޯދުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...