ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ
ދުނިޔެ 05 Sep 2022 | 18:44

ފަލަސްތީނުގައި ލޯބިވެރިޔަކު ހުރިނަމަ އިސްރާއިލް އަށް އަންގަން ޖެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ފަލަސްތީނުގައި ލޯބިވެރިޔަކު ހުރިނަމަ އެކަން އިސްރާއިލަށް އަންގަންޖެހޭ ކަމަށް ބުނާ ގަވާއިދަކަށް އިސްރާއިލުގެ އިދާރާތަކުން އަމަލުކުރަން ފަށައިފިއެވެ.

މިއަދު އަމަލުކުރަންފެށި މި ގަވާއިދުގެ ދަށުން ފަލަސްތީނުގެ ރައްޔިތަކާއި ލޯބީގެ ގުޅުން އޮތް އެހެން ގައުމުތަކުގެ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި އިސްރާއިލަށް އެކަން އަންގަން ޖެހޭނެއެވެ. މީގެ އިތުރުން ގުޅުން އޮތް ފަލަސްތީނުގެ ފަރާތަކީ އެ ގައުމުގައި ބިން އޮތް ނުވަތަ ވާރުތަ ވާނެ ބިމެއް އޮތް ފަރާތެއްކަންވެސް ހާމަކުރަން ޖެހެއެވެ. ނަމަވެސް މި ގަވާއިދު ގަދަކަމުން ފަލަސްތީނުގެ ބިމުގައި ދިރިއުޅެމުންދާ ޔަހޫދީންގެ މައްޗަށް ނުހިނގާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އަލަށް އަމަލުކުރަން ފެށި ގަވާއިދު ތަކުގެ ސަބަބުން އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮތް، އަދި އެހެން ގައުމުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އެ ގައުމަށް ދިއުމުގައިވެސް އިތުރު ދަތިތަކެއް ކުރިމަތިވާނެއެވެ. އެގޮތުން އަމިއްލަ ގައުމަށް ދަތުރު ކުރުމުގެ 45 ދުވަސް ކުރިން އެ ފަރާތްތަކުން އިސްރާއިލުން ވިސާއަށް އެދެން ވަނީ މަޖުބޫރު ކޮށްފައެވެ.

ފަލަސްތީނުގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ވީހާވެސް ގިނަ ބަޔަކު ފަލަސްތީނުގެ ބިންތަކުން ފޮނުވާލާ، އެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއިލުން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން ލޯބީގެ ގުޅުން ބާއްވަން ބޭނުންނަމަ ނުވަތަ އާއިލާ އާއި އެކު ދިރިއުޅެން ބޭނުންނަމަ އެހެން ގައުމަކަށް ދިއުމަށް މަޖުބޫރު ކުރުވުމަކީ މި ގަވާއިދު ތަކުގެ ބޭނުން ކަމުގައި ތަޖުރިބާކާރުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...