އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް-- ފޮޓޯ/ހަފްތާ
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް-- ފޮޓޯ/ހަފްތާ
ވިޔަފާރި 06 Dec 2022 | 11:12

މިދައުރުގައި 4 އެއަރޕޯޓްގެ މަސައްކަތް ނިންމޭނެ: އާޒިމް

އެމްޓީސީސީން ރާއްޖޭގެ ހަތަރު ރަށެއްގައި މިހާރު ހަދަމުންދާ ގަތަރު އެއާރޕޯރޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ދައުރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީ އެއަރޕޯޓާއި، މ. މުލީ އެއަރޕޯޓުގެ އިތުރުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓާއި ފ.މަގޫދޫ އެއަރޕޯޓްގެ މަސައްކަތާއި ގުޅިގެން ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ އެމްޓީސީސީން މިހާރު ހަދަމުންދާ އެއާޕޯޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމައެއް ދެއްވާފައެވެ.

އެގޮތުން މ. މުލީ އެއަރޕޯޓުގެ ޓަރމިނަލަށް ބޭނުންވާ ބުޑުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ފަޔަރ ބިލްޑިންގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި ރ.އަލިފުށީ އެއަރޕޯޓުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، އާޒިމް ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގެ ދަތިކަން ހުރި ނަމަވެސް، އެ އެއާޕޯޓް ގެ އަމަލީ ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"ބައެއް އިކުއިޕްމަންޓްތައް ގެނައުމުގަ ދަތިތަކެއް އެބަހުރި. ހުރިހާ އިކުއިޕްމަންޓްތަކެއް އައިސްގެން އެތަން ހުޅުވޭނީ. އަންނަ އަހަރުގެ ތެރޭގައި ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވިގެންދާނެ. ދެން ހުރި އެއަރޕޯޓްތަކަކީ ބިން ހިއްކައިގެން ހަދަމުންދާ ތަންތަން. އެހެންކަމުން ބިން ހިއްކުމާއި ބައެއް އިމާރާތްތައް އެޅުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ." އާދަމް އާޒިމް ވިދާޅުވިއެވެ.

ސާމާނުތައް ގެނައުމަށް ހުރި ދަތި ތަކުގެ އިތުރުން، އެއާޕޯޓް ގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އިގްތިސާދީގޮތުންވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި އާޒިމް ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ކުރިން 4 އެއަރޕޯޓްގެ މަސައްކަތް ނިންމޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.