އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
ރ. އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ، ރ. އުނގޫފާރު ނެރު ބަދަލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 6 ނޮވެމްބަރ 2022 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.
އަދި މި މަޝްރޫޢުގެ ދަށުން، 41,980 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް