އަލަށް ގެނެވުނު އިލެކްޓްރިކް ބަހެއް-- ފޮޓޯ: އެމްޓީސީސީ
އަލަށް ގެނެވުނު އިލެކްޓްރިކް ބަހެއް-- ފޮޓޯ: އެމްޓީސީސީ
ވިޔަފާރި 08 Nov 2022 | 04:08

މާލޭގައި ބޭނުންކުރަން އިލެކްޓްރިކް ކުދި ބަސްތަކެއް ގެނެސްފި

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ މާލޭގައި ދެމުންދާ މިނީ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން ތެޔޮ އަޅަން ނުޖެހޭ، އިލެކްޓްރިކް ނުވަތަ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ބަސްތަކެއް ގެނެސްފި އެވެ.

އެމްޓީސީސީން ބުނީ، މި ބަސްތަކުގެ ސަބަބުން، ޖައްވު ހޫނުކުރާ ވިހަ ގޭސް ރާއްޖެއިން ބޭނުން ކުރުން މަދުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަނޑައަޅުއްވާފައިވާ "ނެޓް-ޒީރޯ ބައި 2030" ސިޔާސަތަށް ވާސިލުވާން އެއްބާރުލުން ދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އަދި މި ވެހިކަލްތަކުގެ ސަބަބުން ވިހަ ގޭސް ބޭރުވުން މަދުވުމުގެ އިތުރުން ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅުކުރަން ކުރަމުންދާ މަސައްކަތަށްވެސް އެހީވެދޭނެ ކަމަށް ބުނެފައިވެއެވެ.

އެމްޓީސީސީން، އާރްޓީއެލްގެ ބަސް ފްލީޓަށް އަލަށް އިތުރުކޮށްފައި ވަނީ ކަރަންޓުން ދުއްވާ ހަ ބަހެވެ. ޖުމުލަ 15 މީހުންގެ ޖާގައިގެ މި ބަސްތަކަކީ މިހާރު މާލޭގައި ދުއްވާ މިނީ ބަސްތަކަށް ވުރެ ސައިޒުގެގޮތުން ކުދި ބަސްތަކެކެވެ. އެހެންކަމުން، މި ބަސްތަކަކީ ހިމަ މަގުތަކުގައި ވެސް ދުއްވަން އެކަށީގެންވާ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މިއީ ފުރޮޅުލީ ގޮނޑިވެސް އެރުވޭ ގޮތަށް ހަދާފައިވާ ބަސްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އެމްޓީސީސީން ރާއްޖެ ގެނައި އެ ބަސްތައް ހިދުމަތުގައި ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރިތައް ވުމަށް ފަހު މާލެ މިނީ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭގެ މިނީ ބަހުގެ ހިދުމަތުގައި މިހާރު 18 ބަސް ހިމެނޭއިރު، އަލަށް އިތުރު ކުރި ބަސްތަކާއެކު ޖުމްލަ 24 ބަސް ދަތުރުކުރާނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.