މިނީ ބަހެއް: ފޮޓޯ/ ވޮއިސް
މިނީ ބަހެއް: ފޮޓޯ/ ވޮއިސް
ވިޔަފާރި 09 Jan 2023 | 06:15

އަލިފާނުގެ ހާދިސާއާއި ގުޅިގެން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި

މާލޭ ނީލަން ފިހާރާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަސް ރޫޓަށް ބަދަލު ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މިއަދު ފަތިހު ގާތްގަނޑަކަށް 5:45 ހާއިރު ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ދެ އެކޮމޮޑޭޝަން ބްލޮކެއް ވަނީ އަނދާފައެވެ. އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ފުލުހުންނާއި އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ސަރަހައްދަކީ ވެސްޓްޕާކު ރޫޓުން ދަތުރުކުރާ މާލެ-ހުޅުމާލެ ބަހުގެ ބަސް ސްޓޮޕެއް ވެސް ހިމެނޭ ސަރަހައްދެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީން ބުނީ އަލިފާނުގެ ހާދިސާ އާ ގުޅިގެން ބޮޑުތަކުރުފާނު މަގުން ބައެއް ބަންދުކޮށްފައިވާތީ އާރުޓީއެލް ބަހުގެ ރޫޓް 1 (މާލެ - ހުޅުމާލެ ފޭސް1) އަދި ރޫޓް 7 (މާލެ - ހުޅުމާލެ ފޭސް2)ގެ ބަހުގެ ހިދުމަތް ވަގުތީ ގޮތުން ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އަމީނީ މަގުގެ ބަސް ރޫޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު މި ރޫޓް މެދުކަނޑާލުމުން އޯކިޑް ރޫޓު ބޭނުންކުރާ ފަސިންޖަރުން އިތުރުވާނެތީ އޯކިޑް ރޫޓުގެ ބަސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނީގެ އިތުރުން އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ހުޅުވުމުން ބަސް ރޫޓު އާންމު ހާލަތަކަށް ބަދަލުކުރާނެކަމަށެވެ.

މިއަދުގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ 166 ބިދޭސީ މުވައްޒަފުން ވަނީ އިމާދުއްދީން ސުކޫލުގައި ގާއިމްކޮށްފައިވާ ވަގުތީ ބޯހިޔާވައްސަށް ބަދަލުކޮށްފައެވެ. އަދި އެ މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ގެންދަނީ ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް
26 Oct 2026 ހަބަރު

ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އިއްޔެ ހެނދުނު ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ހާދިސާ ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް މިއަދު ހެދުނު ފުނަދޫއަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ
25 Oct 2026 ހަބަރު

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ

އެންޑީއެމްއޭއިން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި
25 Oct 2026 ހަބަރު

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ ސަރަޙައްދުން ހުސްކޮށްފައެވެ.