އިންޑިއާ ބޮޑުވަޒީރު ގެރިއަކާއެކު ފަޅިއެއްގައި
އިންޑިއާ ބޮޑުވަޒީރު ގެރިއަކާއެކު ފަޅިއެއްގައި
ދުނިޔެ 09 Feb 2023 | 09:42

ލޯބިވެރިންގެ ދުވަހު ގެރިއާއި ބައްދައި ލޯބި ފާހަގަކުރަން އިންޑިއާ ސަރުކާރުން އިލްތިމާސްކޮށްފި

ދުނިޔޭގެ ލޯބިވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ލޯބިވެރިންގެ ލޯބި ފާހަގަކުރުމުގެ ބަދަލުގައި ގެރިއާއި ބައްދައި ގެރިއަށް އޮތް ލޯބި ފާހަގަކޮށް ހިންދޫ ދީނުގެ ވެލިއުތައް ޕްރޮމޯޓް ކުރަން އިންޑިއާގެ ސަރުކާރުގެ އެނިމަލް ވެލްފެއާ ޑިޕާޓްމަންޓުން އިލްތިމާސްކުރުމުން ސޯޝަލް މީޑީއާގައި ފާޑުކިޔައި މަލާމާތްކުރުން އިތުރުވެއްޖެއެވެ.

އިންޑިއާގެ އެނިމަލް ވެލްފެއާ ބޯޑުން ބުނީ ގެރިއާއި ބައްދައިހެދުމުން މީހުންގެ ޖަޒްބާތުތައް ބޮޑަށް ފަރިވެފޮޅޭނެކަމަށެވެ.

ގެރިއަށް އަޅުކަންކުރާ ހިނދޫން ބުނަންނީ ހުޅަނގުގެ މީހުން ލޯބިވެރިންގެ ދުވަސް ފާހަގަކުރާގޮތައް ކުރުމަކީ ހިންދޫންގެ އަގީދާއާއި ހިލާފުކަމެއްކަމަށެވެ.

ލޯބިވެންރިންގެ ދުވަސް ފާހަގަކުރަން ވިޔަފާރި ތަކުން ބަހައްޓާފައިވާ އިސްތިހާރުތައް ހަރުކަށި ހިންދޫން ހަލާކުކޮށް ފިހާރަތަކަށް ގެއްލުންދެމުން ދާކަމަށް އިންޑިއާގެ މީޑީއާގައި ރިޕޯޓްކޮށްފައިވެއެވެ.

ފެބްރުއަރީ 14 ވަނަ ދުވަހަކީ ގެރިއާއި ބައްދައި އުޅޭ ދުވަހެއްކަން އިއުލާނުކުރުމާއެކު އެކަމަށް އެންމެ ބޮޑަށް ފާޑުކިޔައި މަލާމާތްކޮށްފައިވަނީ އިންޑިއާގެ ޒުވާނުންނެވެ.

އިންޑިއާގެ ސޯޝަލް މީޑީއާގައި މަލާމާތްކުރި ބައެއް މީހުން ބުނިގޮތުގައި އެންމެ އުދަގޫކަމަކީ ބައްދާނެ ގެރިއެއްނެތުންކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.