ލަންކާގެ އިސްވެރިން ކަސްޓަމްސްގެ ޑިޕާޓްމެންޓެއްގައި.. ފޮޓޯ: ނިއުސްވަޔަރ
ލަންކާގެ އިސްވެރިން ކަސްޓަމްސްގެ ޑިޕާޓްމެންޓެއްގައި.. ފޮޓޯ: ނިއުސްވަޔަރ
ދުނިޔެ 16 Sep 2026 | 18:35

އަވައްޓެރި ސްރީލަންކާގެ އިގްތިސާދު ރަނގަޅުވެ، ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި

ރާއްޖެ އާ އެންމެ އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްއަށް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ އިތުރުވެފައިވާކަމަށް އެޤައުމުގެ ކަސްޓަމްސްއިން ބުނެފިއެވެ.

ލަންކާ ކަސްޓަމްސްގެ ތަރުޖަމާނު ޗަންދަނާ ޕުންޗިހޭވާ ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ މުއައްސަސާއަށް 2 ޓްރިލިއަނަށް ވުރެ ގިނަ ރުޕީސް އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށެވެ.  މިއީ 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 2.207 ޓްރިލިއަން ރުޕީސްގެ އާމްދަނީގެ އަމާޒުގެ 90 އިންސައްތައަށްވުރެ މަތީ މިންވަރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަހަރުގެ ނުވަ މަސްދުވަސް ހަމަނުވަނީސް މި ބޮޑު އަމާޒު ހާސިލްކޮށްފައިވާއިރު، މުޅި އަހަރުގެ އަމާޒަށް ވާސިލްވުމަށް ދެން ބޭނުންވަނީ ގާތްގަނޑަކަށް 207 ބިލިއަން ރުޕީސްއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޯގަސްޓް މަސް ނިމުނުއިރުވެސް ކަސްޓަމްސްއިން ވަނީ އެ މުއްދަތަށް ކަނޑައެޅި އަމާޒަށްވުރެ އިތުރަށް، 1.85 ޓްރިލިއަން ރުޕީސް ހޯދާފައެވެ.

ސްރީލަންކާ ކަސްޓަމްސްގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވޭތުވެދިޔަ 2025 ވަނަ އަހަރުއެވެ. އެ އަހަރު ކަނޑައެޅި އަމާޒަށްވުރެ އިތުރަށް، ޖުމްލަ 2.56 ޓްރިލިއަން ރުޕީސް އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފައެވެ.

މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ.

ސްރީލަންކާގެ އިގްތިސާދު ރަނގަޅުވެ، އެޤައުމަށް ލިބޭ އާމްދަނީ އިތުރުވާން ފަށާފައި މިވަނީ މިހާރުގެ ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ. އެގޮތުން އެޤައުމުގެ މިހާރުގެ ސަރުކާރުން ވަނީ ދަރަނި މުރާޖައާކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ސަރުކާރުެގ އެތެރޭގެ ކޮރަޕްޝަން ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއްކޮށް ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
31 Oct 2026 ދުނިޔެ

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ.

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
31 Oct 2026 ދުނިޔެ

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް

މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
28 Oct 2026 ދުނިޔެ

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
18 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް

ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ