އިންޑިޔާގައި އިސްރާއިލް މީހުންނަށް ޚިދުމަތްދޭ ކެފޭއެއް
އިންޑިޔާގައި އިސްރާއިލް މީހުންނަށް ޚިދުމަތްދޭ ކެފޭއެއް
ދުނިޔެ 04 Oct 2026 | 05:20

އިންޑިއާގައި އިސްރާއީލުގެ ދޮން މީހުންނަށް އެކަނި ޚިދުމަތްދޭ ކެފޭތަކެއް ހިންގާތީ ރައްޔިތުން ރުޅިގަދަވެއްޖެ

އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ހަމައެކަނި އިސްރާއީލުގެ ރައްޔިތުންނަށް ވަދެވޭ ގޮތަށް ޚާއްޞަކޮށްގެން ހިންގާ ކެފޭތަކާއި ވިޔަފާރިތައް އިތުރުވަމުންދާތީ، އެ ޤައުމުގެ ޢާންމު ރައްޔިތުންނާއި އެކްޓިވިސްޓުން ރުޅިގަދަވެއްޖެއެވެ.

ޑިޖިޓަލް ނިއުސް އައުޓްލެޓް 'އޭޖޭ ޕްލަސްއިން ގެނެސްދިން ރިޕޯޓެއްގައި ވާހަކަދައްކަވަމުން، އެކްޓިވިސްޓް އަދި ތަޢުލީމީ ދާއިރާގެ ބޭފުޅެއް ކަމަށްވާ ޝްރިޝްތީ ކަންނާ ވަނީ، އިންޑިއާގެ ރައްޔިތުންނާއި އެހެން ޤައުމުތަކުގެ ފަތުރުވެރިންނަށް އެ ތަންތަނަށް ނުވަދެވޭ ގޮތަށް ހަދައި، ހިންގަމުންދާ ނަސްލީ ތަފާތުކުރުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝްރިޝްތީ ވިދާޅުވި ގޮތުގައި "ހޫމަސް ޓްރެއިލް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ފަތުރުވެރިކަމުގެ ސަރަޙައްދުތަކުގައި މިފަދަ ތަންތަން ގިނައެވެ.

"މި ކެފޭތަކަށް ވަދެވެނީ ހަމައެކަނި ދޮން ނަސްލުގެ އިސްރާއީލް މީހުންނަށް. މިކަން މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުން. މިއީ ވަކި ބަޔަކަށް ބާރުތަކެއް ލިބިދޭ ގޮތަށް އުފައްދާފައިވާ ނިޒާމެއް. އިންޑިއާ މީހުންނަކަށް އަދި އެހެން ޤައުމުތަކުގެ ދޮން މީހުންނަކަށް ވެސް މި ތަންތަނަކަށް ނުވަދެވޭ،" އޭނާ ވިދާޅުވިއެވެ.

އޭޖޭ ޕްލަސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާގައި ޚިދުމަތް ކުރުމަށްފަހު އިންޑިއާއަށް ދަތުރުކުރުމުގެ ސަގާފަތެއް އެމީހުންގެ މެދުގައި ފެށުނީ 1980 ގެ އަހަރުތަކުގައެވެ. މިގޮތުން އަހަރަކު ގާތްގަނޑަކަށް 80،000 އެއްހާ އިސްރާއީލު މީހުން އިންޑިއާއަށް ދަތުރުކުރާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ހިމާޗަލް ޕްރަދޭޝް، ދަރަމްކޯޓް އަދި ގޯއާ ފަދަ ސަރަޙައްދުތަކުގައި ވަގުތީ ގޮތުން ދިރިއުޅެއެވެ.

މިފަދަ ތަންތަނުގައި ޕްރައިވެޓް ޕާޓީތަކާއި، ރޭވްތަކާއި ކެފޭތައް ހިންގަނީ ވަކި ޚާއްޞަ މާޙައުލެއްގައެވެ. ޝްރިޝްތީ މިކަން ސިފަކުރެއްވީ "އިސްތިޢުމާރީ" އަދި "އެޕާތައިޑް“ ނުވަތަ ނަސްލީ އިމްތިޔާޒުގެ އުސޫލެއްގެ ގޮތުގައެވެ. ސަބަބަކީ އެތަންތަނުގައި އިންޑިއާގެ ޤާނޫނުތަކަށް ބެލުމެއްނެތި، ވަކި އުސޫލުތަކަކަށް ޢަމަލުކުރަމުންދާއިރު އިންޑިއާ މީހުންނަށް އެކަމަށް އެއްވެސް ބަހެއް ބުނުމުގެ ޙައްޤު ނޯންނާތީއެވެ.

މީގެއިތުރުން، މި ފަތުރުވެރިންގެ ތެރޭގައި ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކުގައި ބައިވެރިވެފައިވާ އަސްކަރީ ސިފައިން ހިމެނޭއިރު، އެމީހުންގެ މައްޗަށް އެއްވެސް ޝަރީޢަތެއް ހިންގުމުގެ ބިރެއް ނެތި އިންޑިއާގައި މިނިވަންކަމާއެކު އުޅެމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ ނަސްލީ ތަފާތުކުރުންތަކަށް އިންޑިއާގެ ސަރުކާރުން ލޯމަރާލައިގެން އޮންނަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީއާއި އިސްރާއީލުގެ ސަރުކާރާ ދެމެދު އޮތް ސިޔާސީ އަދި ފިކުރީ ގުޅުމުގެ ސަބަބުން ކަމަށް ޝްރިޝްތީ ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބީޖޭޕީ އަދި އާރްއެސްއެސް އިން ޒަޔަނިޒަމް އިން ހިތްވަރު ލިބިގަނެ، އިސްރާއިލާ އިންޑިޔާއާ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރަމުންދާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.