ތަކަންދޫ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި
ހއ. ތަކަންދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ.
މި ފެރީ ހަޓަކީ އާރުޓީއެލް ފެރީ ނިމާޒުގެ ދަށުން ޒޯން އެކެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ފެރީ ހަޓެކެވެ.
މި ހަޓުގެ ބޭނުމަކީ އާރުޓީއެލް ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބަނދަރުގައި މަޑުކޮށްލެވޭ ތަނެއް ބެހެއްޓުމުގެ ބޭނުމުގައި ހަދާފައިވާ ތަނެކެވެ. ތަކަންދޫ ފެރީ ސްޓޮޕްގައި ކިއޮސްކަކާއި، ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ގާއިމްކޮށްފައިވެ އެވެ.
ތަކަންދޫ ފެރީ ހަޓުގެ މަސައްކަތް ނިމިފައިވާއިރު، އާރުޓީއެލް ފެރީގެ ނިޒާމު އުތުރުގެ ތިން އަތޮޅުގައި ވަނީ ފަށާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް