ވިޔަފާރި 13 May 2023 | 16:04

ކުޅުދުއްފުށީ އެއާޕޯޓުގެ ރޭގަނޑު ދަތުރުތަކުގެ ޓެސްޓް ފްލައިޓް ޖައްސައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ ފަރާތުން ހިންގަމުންދާ ކުޅުދުއްފުށީ އެއާޕޯޓްގައި ނައިޓްލޭންޑިން ސިސްޓަމް ގާއިމު ކުރެވި އެ ހިދުމަތް ރަސްމީކޮށް ފެއްޓުމަށްޓަކައި އަޅަންޖެހޭ ޓެސްޓު ފްލައިޓް އަޅައިފިއެވެ.

ނައިޓް ލޭންޑިންގެ ހިދުމަތާއެކު ކުޅުދުއްފުށީ އެއާޕޯޓުންދޭ ހިދުމަތްތައް 24 ގަޑިއިއރަށް ބަދަލު ވާނެއެވެ.

ނައިޓް ލޭންޑިންގެ ހިދުމަތް ފެށުމުން ކުޅުދުއްފުއްޓާއި ކައިރީގައިވާ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި ރޭގަނޑު ވައިގެ މަގުން ދަތުރު ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި ކުއްލި ހާލަތްތަކުގައި ބަލިމީހުން ރޭގަނޑު ވައިގެ މަގުން އުފުލުމަށް އޮތް ހުރަހަށް ނިމުމެއް އަންނާނެ ކަމަށް އާރްއޭސީއެލްއިން މައުލޫމާތުދެއެވެ.

އޭގެ އިތުރުން ވިޔަފާރިތަކަށާއި ގެސްޓްހައުސް އަދި ރިސޯޓުތަކަށްވެސް މިކަމުގެ ސަބަބުން އިތުރު މަންފާ ލިބިގެންދާނެ ކަމަށް އާރްއޭސީއެލްއިން ދެކެއެވެ.

ކުޅުުދުއްފުށީ އެއާޕޯޓްގެ އިތުރުން އާރްއޭސީއެލްގެ ފަރާތުން ހިންގަމުންދާ ހޯރަފުށީ އެއާޕޯޓާއި މާވަރުލު އެއާޕޯޓްގައި ނައިޓް ލޭންޑިންގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ އެއާޕޯޓުގައި ނައިޓް ލޭންޑިންގެ ހިދުމަތް ފެށޭނެ ކަމަށް އާރްއޭސީއެލްއިން ބުނެއެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި ނައިޓް ލޭންޑިންގް ހިދުމަތް ފެށުމާއެކު، އާރްއޭސީއެލްގެ ފަރާތުން ހިންގަމުންދާ އެއާޕޯޓްތަކުގެ ތެރެއިން ނައިޓްލޭންޑިންގެ ހިދުމަތްދޭ އެއާޕޯޓްތަކުގެ އަދަދު ހަތަރަކަށް އަރާނެއެވެ.

އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓް އަދި ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ފުވައްމުލަކު އެއާޕޯޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
24 Oct 2026 ހަބަރު

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި
20 Oct 2026 ހަބަރު

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އިތުރުން، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ފަހުން ވެސް ފުލުހުންގެ ހާޒިރުގައި ބޭބެއާ ދިމާއަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެއިތުރުން، ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކު އެތަނުގައި ތިއްބައި، އެ މީހުންނާ ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށް ވެސް ދަޢުވާގައިވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް
18 Oct 2026 ހަބަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރުމަށް، ރަށުގެ ބުޅާތައް ހިފައި ނިއުޓާކުރުމަށްފަހު އަލުން ދޫކޮށްލާ ޕްރޮގްރާމެއް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ފަހަތުން އަރައި، ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
10 Sep 2026 ކުޅިވަރު

ފަހަތުން އަރައި، ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ

މުރައިދޫގައި ކުރިއަށްދާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ރޭ ވިއްލަދޫ އާއި ކުޅުދުއްފުށި ބައްދަލުކުރިމެޗް ކުޅުދުއްފުށި ކާމިޔާބުކޮށްފިއެވެ. މިމެޗް ކުޅުދުއްފުށިން ކާމި...

ކުޅުދުއްފުއްޓާއި ދިއްދޫ ބައްދަލުކުރި ފޯރިގަދަ މެޗް ކުޅުދުއްފުއްޓަށް
08 Sep 2026 ކުޅިވަރު

ކުޅުދުއްފުއްޓާއި ދިއްދޫ ބައްދަލުކުރި ފޯރިގަދަ މެޗް ކުޅުދުއްފުއްޓަށް

"މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުދުއްފުއްޓާއި ދިއްދޫ ބައްދަލުކުރިމެޗް ކުޅުދުއްފުށި ކާމިޔާބުކޮށްފިއެވެ. ދިއްދޫ އާ ދެކޮޅަށް ކުޅުނު މިމެޗް ކުޅުދުއްފުށި ކާމިޔާބ...

ކުޅުދުއްފުށިން ނޮޅިވަރަމް ބަލިކޮށް ކުރިއަށް
06 Sep 2026 ކުޅިވަރު

ކުޅުދުއްފުށިން ނޮޅިވަރަމް ބަލިކޮށް ކުރިއަށް

މުރައިދޫގައި ކުރިއަށްދާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ކުޅުދުއްފުށި ކުޅުނު ފުރަތަމަ މެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ. މިފަހަރުގެ މުބާރާތުގައި ކުޅުދުއްފުށި ބައްދަ...