ރިޝީ ސުނަކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރުން-- ފޮޓޯ/ ބީބީސީ
ރިޝީ ސުނަކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރުން-- ފޮޓޯ/ ބީބީސީ
ހަބަރު 19 Oct 2023 | 11:40

"އިނގިރޭސިވިލާތް އޮތީ އިޒްރޭލުގެ ޔަހޫދީންނާ އެކު; ބޭނުންވަނީ އިޒްރޭލު މޮޅުވާން"

ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެ، އެތަނުގައި ވަކި ދައުލަތެއް އުފައްދައި ވަޒަންވެރިވެފައިވާ އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނާއި ދެކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކަށް ތައީދުކޮށް، އެ މައްސަލާގައި އިނގިރޭސިވިލާތުގެ ތާއީދު އޮތީ އިސްރާއީލަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކު ބުނެފި އެވެ.

ރިޝީ ސުނަކު މިއަދުގެ ވަގުތެއްގައި، ފަލަސްޠީނު އަތުން ފޭރިގަނެގެން އިޒްރޭލުގެ ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ސަރަހައްދަށް ގޮސްފައިވާއިރު، އޭނާގެ އެ ދަތުރުގައި އިސްރާއީލްގެ ރައީސް އީސާކް ހަރުޒޯގްއާ، އެ ގައުމުގެ ހަރުކަށި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއިވެސް ވަނީ ބައްދަލުކޮށްފައެވެ.

ސުނަކު އިސްރޭލުން ގަދަކަމުން ވަޒަންވެރިވެގެން ދިރިއުޅޭ ސަރަހަށްދަށް އައިސް--ފޮޓޯ/ރޮއިޓާސް 

އެގޮތުން އިސްރާއީލުގެ ރައީސް އާއެކު ބޭއްވި ބައްދަލުވުމުގައި، އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަކީ "އަމިއްލަ ދިފާއުގައި" ހިންގަމުންދާ ޖަރީމާތަކެއްގެ ގޮތުގައި ސިފަކުރަމުން ރިޝީ ވަނީ، އެ ލާއިންސާނީ އަމަލުތަކަށް އިނގިރޭސި ވިލާތުން ތާއީދު ކުރާ ކަމަށް ބުނެފައެވެ.

"އަހަރެމެން (އިނގިރޭސިވިލާތް) މިތިބީ އިސްރާއީލާއެކު. އަމިއްލަ ދިފާއުގައި ހަތިޔާރު އުފުލައި، އިސްރާއީލުގެ ސަލާމަތަށްޓަކައި މަސައްކަތް ކުރުމަށް ލިބިފައިވާ ހައްގުގެ ބޭނުން ކޮށްގެން ކުރަމުންދާ ކަންކަމަށް ތާއީދު ކުރަން." ފަލަސްޠީނުގެ އެތައް ހާސް ކުޑަކުދިންނާއި އަންހެނުންނާއި އާއްމުން ޝަހީދު ކުރަމުން އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާނު ތަކަކީ އަމިއްލަ ދިފާއުގައި ކުރަމުންދާ ކަންކަން ކަމަށް ސިފަ ކުރަމުން ރިޝީ ބުނެފައިވެއެވެ.

އިޒްރޭލުގެ ރައީސް ވަނީ ރިޝީގެ ވާހަކަތަކަށް ޝުކުރު އަދާކޮށް، އޭނާ މިދަނޑިވަޅުގައި އިސްރާއީލުން ވަޒަންވެރިވެފައިވާ ސަރަޙައްދަށް އައުމަކީ އެމީހުންގެ ސިފައިންނަށްވެސް ލިބިގެންދާނެ ބޮޑު ހިތްވަރެއް ކަމަށް ބުނެފައެވެ.

ރިޝީ ސުނަކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރުން-- ފޮޓޯ/ ރޮއިޓާސް 

މީގެ އިތުރުން ރިޝީ ސުނަކު ނަތަންޔާހޫއާއެކު ބައްދަލުކޮށް ވާހަކަ ދައްކަމުން ވަނީ، "އިނގިރޭސިވިލާތް ބޭނުންވަނީ އިޒްރޭލް މޮޅުވާން" ކަމަށް ބުނެފައެވެ.

ރިޝީގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އިސްރާއިލުން ގަދަކަމުން ވަޒަންވެރިވެފައިވާ ސަރަހައްދަށް މި ފަހުން ދަތުރުކޮއްފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސްގެ މުޖާހިދުން، އެގައުމަށް، އެގައުމުގެ ބިންތައް ފޭރިގަނެގެން ދިރިއުޅެމުންދާ އިސްރާއީލްގެ ޔަހޫދީންނަށް ދިން ކުއްލި ހަމަލާއަށް މިހާރު ދެ ހަފްތާވާން ގާތްވެފައިވާއިރު، ހަމާސްގެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން ވަނީ ހަނގުރާމަ އިއުލާންކޮށް ރައްދުގައި ގިނަ ހަމަލާތަކެއް ފަލަސްޠީނުގެ ޢާއްމުންނަށް އަމާޒުކޮށް ދީފައެވެ.

އެގޮތުން ފަލަސްޠީނަށް މިހާރު އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 4000 ވަނީ އަރައިފައެވެ. ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 12000މައްޗަށް ވަނީ އަރައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...