އާރްޓީއެލް އީވީ ބަހުގެ ޚިދުމަތް ވިލިމާލޭގައި ފެށުން: ފޮޓޯ/ އެމްޓީސީސީ
އާރްޓީއެލް އީވީ ބަހުގެ ޚިދުމަތް ވިލިމާލޭގައި ފެށުން: ފޮޓޯ/ އެމްޓީސީސީ
ވިޔަފާރި 20 Jan 2023 | 16:41

އާރްޓީއެލް އީވީ ބަހުގެ ޚިދުމަތް ވިލިމާލޭގައި ފަށައިފި؛ ފުރަތަަމަ ދެ ހަފްތާ ހިލޭ

ރާއްޖޭ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އިލެކްޓްރިކް ބަހުގެ ޚިދުމަތް ވިލިމާލޭގައި މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ވިލިމާލޭގައި އެ ކުންފުނިން ފަށާފައިވާ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި 6 އިލެކްޓްރިކް ވެހިކަލް (އީ.ވީ) ބަސް ކަމަށެވެ.

މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެއެވެ. އަދި، މީގެ އިތުރުން 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނާނެއެވެ. ވީމާ، ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީ.ވީ ބަސްތަކުގައި ހުންނާނެއެވެ.

މި ޚިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ ޢާއްމު ރައްޔިތުންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ވިސްނައި، މި ޚިދުމަތް ބޭނުންކުރުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތްތަކަށް ރިޢާޔަތް ކުރުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން، ރޫޓައި ޝެޑިއުލް އެކުލަވާލިއިރު، ސްކޫލްތަކާއި، ބީޗު ސަރަޙައްދާއި ، އޮފީސްތަކާއި، ސިނާޢީ ސަރަޙައްދާއި، ހަސްފަތާލާއި، ފެރީ ޓާރމިނަލްއަށް  ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކަށް ބެލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

"ވިލިމާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނުކަމުގައި ވީނަމަވެސް، ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ވިލިމާލޭގެ 1.52 ކިލޯމީޓަރު ދިގު އިންޓަރނަލް ރޫޓްގެ 10 ސަރަހައްދަކަށް ބަސް ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ." އެމްޓީސީސީން ބުނެފައިވެއެވެ.

ބަސް ރޫޓް: ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން އިތުރަށް ބުނީ، އާރް.ޓީ.އެލް. ވިލިމާލޭ ބަހުގެ ޙިދުމަތް ހަފްތާއަކު 7 ދުވަހު ހެނދުނު 05:35 އިން ރޭގަނޑު 00:00 އަށް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ އިރު، ބަހުގެ ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކަށް 5 މިނިޓާއި 10 މިނިޓާއި ދޭތެރޭ ވަގުތުކޮޅެއްގައި ލިބިގެންދާނެ ކަމަށެވެ.

އަދި މިއަދުން ފެށިގެން ފުރަތަމަ 2 ހަފްތާގައި މުޅިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު އާރް.ޓީ.އެލް ވިލިމާލޭ ބަހުގެ ޚިދުމަތުގެ އަޖުމަ ބެލުމަށް ހަމަޖެހިފައިވާ ޓްރައިއަލް މުއްދަތުގެ ތެރޭގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ މަޢުލޫމާތަށް ބެލުމަށްފަހު، ރޫޓްތަކަށް ބަދަލެއް ގެންނަންޖެހޭކަމަށް ފެންނަނަމަ، އެ ބަދަލުތަކެއް ގެނައުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ، ވިލިމާލޭގައި އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން، މާސްޓަރކާޑް/ވިސާކާޑް ބޭނުންކުރައްވައިގެންނާއި، ކިއު.އާރް. ޓިކެޓިންގެ ޒަރީޢާއިން އަދި ފައިސާ ދައްކަވާފައި ޓިކެޓް ބައްލަވައިގަނެގެން، ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށާ، ޓްރައިއަލް މުއްދަތު ނިމުމުގެ ކުރިން ވިލިމާލެ އީ.ވީ ބަހުގެ ޚިދުމަތަށް ކަނޑައެޅިފައިވާ އަގު ކަސްޓަމަރުންނަށް ހާމަކުރެވޭނެ ކަމަށެވެ.

ޓްރައިއަލް މުއްދަތަށްފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އަދި ޙާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.