N/A
N/A
ދުނިޔެ 20 Dec 2022 | 06:42

ފިރިމީހާ މަސް ބޭނުމަށް ދެވި ހިފާފައިވާތީ ވަރިވާން ސިޓީލައިފި

ޗައިނާގެ ޝަންގޑޮންގް ޕްރޮވިންސްގައި ދިރިއުޅެމުންދާ ދެމަފިރިންގެ ތެރެއިން، ފިރިމީހާ މަސް ބޭނުމަށް މާބޮޑަށް ދެވި ހިފާފައިވާތީ އޭނާ ކައިރިން ވަރިވުމަށް އޭނާގެ އަންހެނުން ސިޓީ ލައިފިއެވެ.

ޗައިނާގެ ނޫހުން މި މައްސަލައާ ހަވާލާދީ ބުނެފައިވަނީ، ވަރިވުމަށް ސިޓީ ލާފައިވާ އަންހެން މީހާގެ ނަމަކީ ޖާންގ ކަމަށެވެ. އަދި އޭނާ ވަރިވުމަށް އެދިފައިވަނީ މުޅި ދުވަހު ބުރަކޮށް އެކަނި އުޅެން ޖެހުމުންނެވެ.

އެގޮތުން، ވަރިއަށް އެދި މައްސަލަ ކޯޓަށް ހުށަހަޅަމުން އަންހެން މީހާ ވަނީ، އިނދެގެން އުޅޭތާ 10 އަހަރު ވީއިރުވެސް، ފިރިމީހާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ މަސްބާނަން ކަމަށާ، އޭގެ ސަބަބުން ދަރިން ބެލުމާއި ގޭތެރޭގެ ހުރިހާ ކަމެއް އަންހެން މީހާ ކުރަން ޖެހެނީ އެކަނިކަމަށް ބުނެފައެވެ. އަދި ފިރިމީހާ ވަޒީފާއަކަށް ނުދާ އިރު، އޭނާ ގޭތެރޭގެ އެއްވެސް ކަމެއްގެ އެހީތެރިވެ ނުދޭ ކަމަށާ، ގިނަ ވަގުތު ހޭދަކުރަނީ މަސް ބޭނުމުގައި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ޗައިނާގެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އަންހެންމީހާ ވަރިވުމަށް ސިޓީލުމުން ކޯޓުގައި ހާޒިރުވާންވެސް ފިރިމީހާއަށް ވަގުތެއް ނުވި ކަމަށާ، އެގޮތަށް ދިމާވީ އެގަޑީގައިވެސް އޭނާ މަހަށް ގޮސްފައިވީމައެވެ.

އެދެމީހުން ވަރިކޮށްދެމުން ގާޒީ ބުނެފައިވަނީ، މަސް ބޭނުމަށް ޝައުގުވެރިކަން ހުރުމަކީ ގޯސް ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެއްވެސް ކަމަކީ އޭގެ ހައްދުން ބޭރުވުމުން ރަނގަޅު ކަމެއް ނޫން ކަމަށާއި، ކައިވެނިކޮށްގެން އުޅޭއިރު، އާއިލާއަށް ވަގުތު ދިނުމަކީ މުހިއްމު ކަމެއްކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
26 Oct 2026 ހަބަރު

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
20 Oct 2026 ހަބަރު

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް މަޝްރޫޢުގެ ދަށުން 880 ސޯލާ މަގުބައްތި ރާއްޖެއާ ހަވާލުކޮށްފި އެވެ. މިނިސްޓަރު މުއްޠަލިބާއި ސަފީރު ކޮންގް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.