އިންޑިއާގައި ހިނގަމުންދާ މުޒާހަރާގެ ތެރެއިން؛ ފޮޓޯ / ރޮއިޓާސް
އިންޑިއާގައި ހިނގަމުންދާ މުޒާހަރާގެ ތެރެއިން؛ ފޮޓޯ / ރޮއިޓާސް
ދުނިޔެ 02 Oct 2026 | 10:54

އިންޑިއާގެ ކޮކްރޯޗް މުޒާހަރާ އަލުން ފަށައިފި؛ މުޒާހަރާ ހުއްޓުވުމަށް ސަލާމަތީ ބާރުތައް މަގުމައްޗަށް

ނިއު ދެއްލީއާއި މުމްބާއީގައި ހިންގުމަށް ރޭވި ބޮޑެތި ކޮކްރޯޗް ޖަންތާ ޕާޓީގެ މުޒާހަރާތައް ހުއްޓުވުމަށް އިންޑިއާގެ ފުލުހުންނާއި ޕެރެމިލިޓަރީ ފޯސްތައް މިއަދު ނެރެފިއެވެ.

ޒުވާނުން އިސްވެ ހިންގާ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އާއި ދަރިވަރުންގެ ޖަމާޢަތްތަކާއި އިދިކޮޅު ފަރާތްތައް ގުޅިގެން ބާއްވަން އުޅުނު މި މުޒާހަރާތައް ފެށީ ވޯޓު ލިސްޓުގެ ދެބަސްވުމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ޗީފް އިސްތިއުފާ ނުދީފިނަމަ ޤައުމީ ފެންވަރުގެ މުޒާހަރާ ފަށާނެ ކަމަށް ސީޖޭޕީން މީގެ ހަފުތާއެއް ކުރިން އިންޒާރު ދިނުމާ ގުޅިގެންނެވެ.

ވެރިރަށުގެ މެދުގައި ހުރި ޖަންތަރް މަންތަރް ސަރަޙައްދު ވަށައިގެން އެތައް ސަތޭކަ ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވެ މުޒާހަރާގެ ބައިވެރީން އައިހެން ބަސްތަކަށް އަރުވަމުން ގެންދިޔައެވެ. އެ ސަރަޙައްދާ ކައިރީގައި ހުރި 11 މެޓްރޯ ސްޓޭޝަން ބަންދުކޮށް ލައުޑް ސްޕީކަރުން ތަކުރާރުކޮށް އިންޒާރުތައް ދީ ފައްސައިލަން މަސައްކަތް ކޮށްފައިވެއެވެ. 5 މީހުންނަށް ވުރެ ގިނައިން އެއްވުމާއި ސްލޯގަން ޖެހުން މަނާކުރާ 163 ވަނަ މާއްދާ ދެއްލީ ފުލުހުން ކުރިން ނެރެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތަކުން އެނގޭ ގޮތުގައި ނިއު ދެއްލީން 500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ދެއްލީގެ ކުރީގެ ޗީފް މިނިސްޓަރު އަތިޝީ މާލީނާ އާއި އާމް އާދުމީ ޕާޓީގެ މެމްބަރުންނާއި ދަރިވަރުންގެ ޖަމާޢަތްތަކުގެ މެމްބަރުން ހިމެނެއެވެ. މުމްބާއީގައި ޝިވާޖީ ޕާކުގައި ފެށުމަށް ރޭވި މުޒާހަރާގެ ބައިވެރީންގެ ޢަދަދު މަޑުމަޑުން އިތުރުވަމުން ގޮސްފައިވާ އިރު ފުލުހުން ވަނީ އެ ސަރަޙައްދުގައި ސެކިއުރިޓީ  ޤާއިމްކޮށް ނޯ ޕާކިން ޒޯނެއް ވެސް ކަނޑައަޅައިފައެވެ.

ސީޖޭޕީން މި ބުރުގެ މުޒާހަރާތައް ފެށީ ޗީފް އިލެކްޝަން ކޮމިޝަނަރު ގިޔާނޭޝް ކުމާރުގެ ދެ ނައިބުން ފާއިތުވި 10 މަހުގެ ތެރޭގައި ވޯޓު ލިސްޓު އިޞްލާޙުކުރުމާއި ރެޖިސްޓްރޭޝަން އިޖުރާޢާތާއި ޑިޖިޓަލް ނިޒާމުތަކާ ގުޅޭ ކަންބޮޑުވުންތައް ރަސްމީ ގޮތުން 14 ފަހަރު ފާހަގަކޮށްފައިވާ ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ފާޑުކިޔާ ފަރާތްތައް ބުނާ ގޮތުގައި މިދިޔަ އަހަރު ފެށި ޤައުމީ ފެންވަރުގެ ވޯޓު ވެރިފިކޭޝަން ކެމްޕޭނުގެ ސަބަބުން ޝަރުޠު ހަމަވާ އެތައް މިލިއަން ވޯޓުވެރީންގެ ނަން ލިސްޓުން އުނިކޮށްފައިވެއެވެ. އެ ބަދަލުތައް ފައިދާވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އަށް ކަމަށް އެ ފަރާތްތައް ބުނެފައިވެއެވެ. ނަމަވެސް، ކޮމިޝަނުން ތުހުމަތުތައް ދޮގުކޮށް ބުނީ ލިސްޓުން ނެގީ ތަކުރާރުވެފައިވާ ނިޔާވެފައިވާ ނުވަތަ ޝަރުޠު ހަމަނުވާ ނަންތައް ކަމަށެވެ.

"ގިޔާނޭޝް ކުމާރު އިސްތިއުފާ ދިނީމަ އަހަރެމެން ހުއްޓައިލާނީ. އޭނާ ޖެހޭ ދާން" ސީޖޭޕީގެ ކޮންވީނާ ސައުރަވް ބުނި ކަމަށް ޓައިމްސް އޮފް އިންޑިއާ ރިޕޯޓުކޮށްފައިވެއެވެ. އޭނާ ބުނީ އޭނާ އެ މަޤާމުން ދުރުކޮށް އޭނާ ކޮށްފައިވާ ހުރިހާ ޖަރީމާތަކެއް އިއާދަކޮށް ޒުވާން ޖީލާއި ޤައުމާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ އަގު ދައްކަން ޖެހޭ ކަމަށެވެ.

ސީޖޭޕީން ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމީ ފެންވަރުގައި މުޒާހަރާ ފުޅާކުރުމަށް ރާވަމުންދާ އިރު އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީ އިސްވެ ހިންގާ އިދިކޮޅު މުޒާހަރާތައް ވެސް އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. "ކޮކްރޯޗް" ހަރަކާތަކީ ސަރުކާރާ ދިމާލަށް އޮންލައިން މަލާމާތެއްގެ ގޮތުގައި ފެށި ކެމްޕޭނެއް ކަމަށްވާ އިރު ސޯޝަލް މީޑިއާގައި އެތައް މިލިއަން ފޮލޯވަރުން ހޯދައި މަގުތަކަށް އެތައް ހާސް ބަޔަކު އެ މީހުން ނެރެފައިވެއެވެ.

ޖުލައި މަހު ބޭއްވި ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ތަޢުލީމީ ވަޒީރު އިސްތިއުފާ ދީފައިވާ އިރު އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަނެޝަނަލުން ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.