އާރުއޭސީއެލްގެ 3 ވަަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން-- ފޮޓޯ: އާރުސީއެލް
އާރުއޭސީއެލްގެ 3 ވަަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން-- ފޮޓޯ: އާރުސީއެލް
ވިޔަފާރި 11 Jan 2024 | 18:00

ދަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރާނެ ކަމުގެ ޔަގީންކަން އާރްއޭސީއެލް އިން ދީފި

ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ޙިދުމަތްތަކެއް ޤާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ރީޖަނަލް އެއަރޕޯޓްސް ކޮމްޕްނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ދެއްވައިފިއެވެ.

މުބީން މިފަދައިން ވިދާޅުވީ އެ ކުންފުނީގެ 3 ވަނަ އަހަރީ ދުވަހާއި ގުޅިގެންނެވެ.

މުބީން ވަނީ  ރީޖަނަލް އެއަރޕޯޓްސް ކޮމްޕްނީ ލިމިޓެޑުން ހިންގަމުންދާ އެއަރޕޯޓްތަކުގެ ޙިދުމަތްތައް މިހާރަށް ވުރެއް ފުޅާކޮށް، އެ އެއާޕޯޓުތަކުން ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ޙިދުމަތްތަކެއް ޤާއިމްކޮށްދޭނެ ޔަގީންކަން ދީފައެވެ.

މީގެ އިތުރުންވެސް އެބޭފުޅާ ވިދާޅުވީ އެ ކުންފުނި އުފައްދައި ކުންފުންޏާއި އެއަރޕޯޓްތައް ހަވާލުކުރެވުނު އިރު އޮތީ ވަރަށްވެސް ދަށް ހާލަތެއްގައި ކަމަށާއި ނަމަވެސް މިއަދު އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ކުރި ހީވާގި މަސައްކަތްތަކުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދިފައި ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޯޓްތައް ފައްތައި، ސެކިއުރިޓީގެ ކަންކަން އިތުރަށް ތަރައްޤީކޮށް، އިންހައުސް ޓްރެއިން ދެވޭ ފެންވަރަށް މީހުން ބިނާކުރެވި އަދި ދަތުރު ކުރާ ފަރާތްތަކަށް ދެވޭ ޙިދުމަތްތައް ފުޅާ ކުރެވިފައިވާކަން މުބީން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މިއަދާއި ހަމައަށްވެސް އެކުންފުނިން ހިންގަމުންދާ އެއަރޕޯޓްތަކުގެ ތެރެއިން ބައެއް އެއަރޕޯޓްތަކުގައި ނަމާދު ކުރާނެ ކޮޓަރި،  މައިންނަށް ބޭނުންވާ ކޮޓަރި، ކެފޭ ނުވަތަ ޓަކް ސޮޕެއްގެ ޙިދުމަތް ފަދަ ބޭސިކް ފެސިލިޓީސް ނެތްކަން ވެސް މުބީން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ފަދަ ހިދުމަތްތައް ކުރިއަށް އޮތް ތާގައި ގާއިމު ކުރައްވާނެ ކަމުގެ ޔަގީންކަން މުބީން ވަނީ އަރުވާފައެވެ.

އާރްއޭސީއެލް އަކީ 11 ޖެނުއަރީ 2021 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ %100 ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދުމުގެ އެންމެ މައިގަނޑުއެއް ކީމަޤްސަދަ ސަރުކާރުން ހިންގާ އެއަރޕޯޓުތަކުން ރައްޔިތުންނަށް ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމާއ،ި އެއަރޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ.

އާރްއޭސީއެލް އަކީ ރާއްޖޭގެ 6 ޑޮމެސްޓިކް އެއަރޕޯޓު ކަމުގައިވާ ހޯރަފުށި އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފޮނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް، ފަރެސްމާތޮޑާ އެއަރޕޯޓް އަދި ފުވައްމުލަކު އެއަރޕޯޓް ގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް އޮޕަރޭޓް ކުރަމުންގެންދާ ކުންފުންޏެވެ.

މި ކުންފުނީގެ އަމާޒަކީ ކުރިޔަށްއޮތް 3 އަހަރުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިމަގު އުޖާލާ، ސަރުކާރަށް ފައިދާވާ އަދި ރައްޔިތުންނަށް އިތުބާރު ހިފޭ ހިތްގައިމު ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވުން ކަމަށް އާރްއޭސީއެލް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަރެސްމާތޮޑާ އެއާޕޯޓުގައި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދަނީ
18 Aug 2026 ހަބަރު

ފަރެސްމާތޮޑާ އެއާޕޯޓުގައި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދަނީ

ފަރެސްމާތޮޑާ އެއާޕޯޓުގައި ކާބޯތަކެތީގެ ހިދުމަތްދޭ ކިއޮސްކެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރް...

މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި
08 May 2025 ހަބަރު

މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި

މ. މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި އެވެ. ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނީ މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތައ...

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މާރިޗު މަހު ޓެސްޓް ފްލައިޓް ޖައްސަނީ
23 Dec 2024 ހަބަރު

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މާރިޗު މަހު ޓެސްޓް ފްލައިޓް ޖައްސަނީ

މުލަކަ އަތޮޅު މުލީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު  ޓެސްޓް ފްލައިޓް ޖެއްސުމަށް އަމާޒުކުރާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮން...

އައްޑޫ ލިންކު ރޯޑަށްވުރެ، ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ގޯސް!
12 Oct 2024 ރިޕޯޓް

އައްޑޫ ލިންކު ރޯޑަށްވުރެ، ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ގޯސް!

އެއާޕޯޓަކީ އެތަންތަނުގެ ފެންވަރު ވަކިގޮތަކަށް ހުންނަންޖެހޭ ތަނެކެވެ. ހާއްސަ ގޮތެއްގައި އެއާޕޯޓެއްގެ ރަންވޭ ހުންނަންޖެހޭނީ ވަކި މިންގަނޑެއްްގަަައިކަން ސިވިލްއޭވިއޭޝަނުގެ ގަވާއިދުތަކުގައި ކަނޑައަޅާފައި ...

އެފްޑީސީ އެޗްޑީސީގެ ދަށަށް އަދި އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ގެންނަނީ
01 Sep 2024 ހަބަރު

އެފްޑީސީ އެޗްޑީސީގެ ދަށަށް އަދި އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ގެންނަނީ

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ)ތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް އަދި ފަހިދިރިއުޅުން ކޯޕަރޭޝަން އެޗްޑީސީގެ ދަށަށް ބަދަލ...

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރުމަށް ޝައުގުވެރިވެއްޖެ
21 Aug 2024 ހަބަރު

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރުމަށް ޝައުގުވެރިވެއްޖެ

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރުމަށް ޝައުގުވެރިވެއްޖެއެވެ. ރާއްޖޭގައި އިލެކްޓްރިކް އެއާކްރާފްޓް ނުވަތަ އެވްޓޯލް އަދި ޑްރޯން ޖެއްސުމަށް ޚާއްޞަ ވާޓިޕޯޓާއި ޑްރޯންޕޯ...