އީލަން މަސްކް އިންޑިއާއަށް ދަނީ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް އެކްސް ކުންފުނީގެ ވެރިޔާ އީލަން މަސްކް އިންޑިއާއަށް ދަތުރެއް ކުރުމަށް ނިންމައިފިއެވެ.
އެކްސްގެ އިތުރުން ސްޕޭކްސް އެކްސް އަދި ޓެސްލާ ކުންފުނީގެވެސް ވެރިޔާ އީލަން މަސްކް، ނިމުނު ހަފްތާ ބަންދުގައި ބުނީ މިއަހަރުގެ ފަހުކޮޅު އަނެއްކާވެސް އިންޑިއާއަށް ދާނެ ކަމަށެވެ. މަސްކް މިކަން އިއުލާންކުރުމުގެ އެއް ދުވަސްކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަސްކްއާއެކު ޓެކްނޮލޮޖީގެ ބައެއް ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަސް ވިދާޅުވެފައެވެ. އެހެންކަމުން މި ދަތުރަކީ އެމަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ހަމަޖެހުނު ދަތުރެއްކަމަށް ބެލެވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، އެމެރިކާގެ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީވެސް ހިންގަނީ މަސްކްއެވެ. ޓްރަމްޕް މަގާމާއި ހަވާލުވުމާއި ގުޅިގެން މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މަސްކްއާއި ބައްދަލުކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް