އެމެރިކާ އާއި ޗައިނާގެ ދިދަ
އެމެރިކާ އާއި ޗައިނާގެ ދިދަ
ދުނިޔެ 10 Sep 2024 | 15:53

ޗައިނާގެ ޗިޕް އިންޑަސްޓްރީއަށް އަމާޒުކޮށް އެމެރިކާއިން އިތުރު ފިޔަވަޅުތަކެއް

އެމެރިކާއިން ކުއަންޓަމް ކޮމްޕިއުޓަރާއި ސެމީކޮންޑަކްޓަރ އުފައްދާ އާލާތްތައް އެކްސްޕޯޓްކުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެމެރިކާގެ ކޮމަރސް ޑިޕާޓްމަންޓުން މި ފިޔަވަޅު އަޅާފައިވަނީ 'ރަހުމަތްތެރި ގައުމުތަކާ' އެކު މަޝްވަރާކުރުމަށްފަހު، ވާދަވެރި ގައުމުތަކުގެ މިސިނާއަތްތަކަށް އެމެރިކާގެ ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ލިބުނަ ނުދިނުމަށްކަމަށް އެމެރިކާއިން ބުނެއެވެ. އެމެރިކާއިން ގެންދަނީ ރަހުމަތްތެރި އެހެން ގައުމުތަކުންވެސް ޗައިނާފަދަ ގައުމުތަކާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބާރުއަޅަމުންނެވެ.

ނެދަލެންޑްސްއިންވެސް ހަފްތާ ބަންދުގައި ސެމިކޮންޑަކްޓަރ އުފައްދާ މެޝިނަރީ އެކްސްޕޯޓްކުރުން ކޮންޓްރޯލްކުރާނެކަން ވަނީ އިއުލާންކޮށްފައެވެ. ޖަޕާނުންވެސް މިފަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ޗައިނާއާހަމަޔަށް އެހެން ގައުމުތަކުގެ ޓެކްނޮލޮޖީ ފޯރުނަނުދިނުމަށް އެގައުމުތަކުން މަސައްކަތްކުރާއިރު، އަނެއްކޮޅުން ޗައިނާއިން ގެންދަނީ އެގައުމުން ޓެކްނޮލޮޖީގެ ދާއިރާގައި އެހެން ގައުމުތަމަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ކުއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ޖަޕާނުގެ ދިރާސާކުރާ ކުންފުންޏެއްކަމަށްވާ ޓެކާނާލައި ކުންފުނިން އަންދާޒާކުރާ ގޮތުގައި ޗައިނާގެ ޗިޕްތައް އުޅެނީ ވާދަވެރި ޓައިވާނުގެ ޓީ.އެސް.އެމް.ސީ ކުންފުނީގެ ޗިޕްތަކަށްވުރެ އެންމެ ތިން އަހަރު ފަހަތުގައެވެ.

އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން ޗައިނާގެ ޚާރިޖިއްޔާއިން ބުނީ އެމެރިކާއިން މަސައްކަތްކުރަނީ ބައިނަލްއަގްވާމީ ސަޕްލައި ޗެއިނަށް ބުރޫއަރުވަން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި
21 Nov 2026 ދުނިޔެ

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި

އެ އިމާރާތުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެ ކާރު ވަނީ މުޅިރޭ އެއްކޮށް ކުރިއަށާއި ފަހަތައް ޖެހި، ޕާކިންގް ޖާގައަށް އެންމެ ފުރިހަމައަށް ކާރު ވެއްދުމަށްޓަކައި ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ.

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ
19 Nov 2026 ދުނިޔެ

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ

އެގޮތުން، ޗައިނާގެ ޝެންޒެންގައި ޓްރަމްޕް އަދި ކިމް ބައްދަލުކުރާނެ ކަމުގެ އުއްމީދު ޓްރަމްޕް ހިމެނޭހެން ގިނަ ބަޔަކު ކުރިއެވެ.

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން
19 Nov 2026 ދުނިޔެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި
19 Nov 2026 ދުނިޔެ

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވުމުގެ ގޮތުން، 20 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.