ސްރީލަންކާގައި އުޅޭ އިންޑިއާގެ ބައެއް ރައްޔިތުން އެނބުރި ޤައުމަށް ދިއުމަށް އެއާފޯސް ބޯޓަށް އަރަންގޮސް.. ފޮޓޯ: އިންޑިއަން އާމީ
ސްރީލަންކާގައި އުޅޭ އިންޑިއާގެ ބައެއް ރައްޔިތުން އެނބުރި ޤައުމަށް ދިއުމަށް އެއާފޯސް ބޯޓަށް އަރަންގޮސް.. ފޮޓޯ: އިންޑިއަން އާމީ
ދުނިޔެ 30 Nov 2025 | 20:03

ސްރީލަންކާގައި ތިބި އިންޑިއާގެ 300 ރައްޔިތަކު އަނބުރާ ޤައުމަށް

ސްރީލަންކާގައި ތިބި އިންޑިއާގެ 300 އަށްވުރެ ގިނަ ރައްޔިތުން އަނބުރާ ޤައުމަށް ގެންގޮސްފިއެވެ.

ލަންކާއަށް އެރި ތޫފާން ދިތުވާއާ ގުޅިގެން އެމީހުން އަނބުރާ އިންޑިއާއަށް ގެންގޮސްފައިވަނީ އިންޑިއާ އެއާފޯސްގެ ބޯޓެއްގައެވެ. ގެންދިޔަ މީހުންގެ ތެރޭގައި ވަރަށް ގިނަ އަހަރުވަންދެން ލަންކާގައި އެކި ބޭނުންތަކުގައި އުޅެމުންއައި މީހުން ހިމެނެއެވެ.

ލަންކާއަށް އެރި ތޫފާނުގެ ސަބަބުން އަސަރުކުރި އިންޑިއާ ރައްޔިތުން ފޮނުވާލުމުގެ މަސައްކަތް ދެ ޤައުމުން ގުޅިގެން ފެށީ އިއްޔެގެ ވަގުތެއްގައެވެ.

ސްރީލަންކާގައި އުޅޭ އިންޑިއާގެ ބައެއް ރައްޔިތުން އެނބުރި ޤައުމަށް ދިއުމަށް އެއާފޯސް ބޯޓުގައި. ފޮޓޯ: އިންޑިއަން އާމީ

ތޫފާން ދިތުވާގެ ސަބަބުން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އަމަލީގޮތުން އެންމެ ފުރަތަމަ ކާބޯތަކެއްޗާއި ވަސީލަތްތައް ހަދިޔާކުރީ އިންޑިއާއިންނެވެ. އެޤައުމުން ފޮނުވާލި ފުރަތަމަ ޝިޕްމަންޓްގައި 12 ޓަނުގެ ތަކެތި ހިމެނެއެވެ. އިންޑިއާގެ މިލިޓަރީ އެއާ ފްލީޓް C-130 ގައި ލަންކާއަށް ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ބްލޭންކެޓާއި، ސަތަރި، ހައިޖީން ކިޓް، އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗެވެ.

މީގެ އިތުރުން ރޭ އިންޑިއާއިން ވަނީ ބޭހާއި، މެޑިކަލް ސާމާނު ފޮނުވާފައެވެ.

ތޫފާން ދިތުވާގެ ސަބަބުން ގިނަ އަވައްތަކެއް ފެނުއަޑީގައި އޮތްއިރު، މިހާތަނަށް 2012 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އިންޑިއާގައި ދިވެހިން އާންމުކޮށް ބޯ 'ބިސްލެރީ' ފެނުން ޖަރާސީމު ފެނިއްޖެ
24 Nov 2026 ދުނިޔެ

އިންޑިއާގައި ދިވެހިން އާންމުކޮށް ބޯ 'ބިސްލެރީ' ފެނުން ޖަރާސީމު ފެނިއްޖެ

މި މައްސަލައާ ގުޅިގެން، އިންޑިއާގައި ފެން ބަންދުކޮށްގެން ވިއްކާ އެހެން ހުރިހާ ކުންފުނިތަކެއްގެ ފެނުގެ ސާމްޕަލްތައްވެސް ޓެސްޓުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ މިހާރު ނިންމާފައެވެ. ބިސްލެރީ އަކީ ދިވެހިންވެސް އިންޑިއާއަށް ގޮސް އާންމުކޮށް ބޯފެނެކެވެ.

ހަންގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
24 Nov 2026 ދުނިޔެ

ހަންގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ ކުއްޖަކު ހުދުވާ ކްރީމެއް ބޭނުންކުރުމުން، ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މާކިއުރީ ހަށިގަނޑަށް ވަދެ ކިޑްނީ ސީރިއަސް ވެގެން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފިއެވެ.

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި
21 Nov 2026 ދުނިޔެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ބަންގުރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުން ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޕާކިސްތާނާއެކު ވިޔަފާރި ފުޅާކުރަން ލަންކާއިން 19 ބިލިއަން ޑޮލަރުގެ މާކެޓެއް ހުޅުވާލައިފި
21 Nov 2026 ދުނިޔެ

ޕާކިސްތާނާއެކު ވިޔަފާރި ފުޅާކުރަން ލަންކާއިން 19 ބިލިއަން ޑޮލަރުގެ މާކެޓެއް ހުޅުވާލައިފި

ސްރީލަންކާގެ ގާތްގަނޑަކަށް 19 ބިލިއަން ޑޮލަރުގެ އިމްޕޯޓް މާކެޓުގައި ހުރި ފުރުސަތުތައް ބޭނުންކުރުމަށް، ޕާކިސްތާނުގެ އެކްސްޕޯޓަރުންނަށް ސްރީލަންކާއިން ދައުވަތު އަރުވައި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ފަށައިފިއެވެ.

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ
17 Nov 2026 ދުނިޔެ

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ

މިސްރަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގޯޔާލް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 1200 މަތިންދާބޯޓަށް އޯޑަރު ދީފައިވާކަމަށާއި، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް 2 ހާހެއްހާ މަތިންދާބޯޓު އިތުރަށް ބޭނުންވާކަމަށެވެ.