ސާބިއާގައި ހުންނަ މުލްބައުއާ އައިޑީ ކާޑު ހަދާ ފެކްޓްރީ... ފޮޓޯ: ތަންޖުގް
ސާބިއާގައި ހުންނަ މުލްބައުއާ އައިޑީ ކާޑު ހަދާ ފެކްޓްރީ... ފޮޓޯ: ތަންޖުގް
ދުނިޔެ 22 Sep 2026 | 10:23

ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް

އަވައްޓެރި ސްރީލަންކާގެ އައިޑީ ކާޑު ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރުމުގެ މަސައްކަތް ޖަރުމަނު ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ހަވާލުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް" އާއެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ބުނީ ބައިނަލްއަގުވާމީ ބިޑިންގ އުސޫލުން ކުރިއަށްގެންދިޔަ މި ޕްރޮކިއުމަންޓް މަރުހަލާގައި ޖުމްލަ އަށް ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހެޅި ކަމަށެވެ. ނަމަވެސް، ހައި-ލެވެލް ޕްރޮކިއުމަންޓް ކޮމިޓީން ކުރި އިވެލުއޭޝަންތަކަށްފަހު، ކަނޑައެޅިފައިވާ މިންގަނޑުތަކަށް އެންމެ ބޮޑަށް ފެތޭ ފަރާތެއްގެ ގޮތުގައި ހޮވުނީ ޖަރުމަނުގެ މި ކުންފުންޏެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 4.93 މިލިއަން ޔޫރޯއެވެ. މި އެއްބަސްވުމުގެ ދަށުން ސަޕްލައިކުރާ ކާޑުތައް ބޭނުންކުރާނީ ލަންކާގެ ޑިޕާޓްމަންޓް އޮފް ރެޖިސްޓްރޭޝަން އޮފް ޕާސަންސް އިން މުޅި ގައުމަށް އައިޑީ ކާޑު ދޫކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމަށް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.  މި މަސައްކަތް ބައިނަލްއަގުވާމީ ބިޑިންގ އަށް ހުޅުވާލުމަށް ލަންކާގެ ކެބިނެޓުން ހުއްދަ ދީފައިވަނީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ.

ލަންކާގައި އައިޑީކާޑަށް ބޭނުންކުރާ ކާޑުތައް ސަޕްލައިކުރުމުގެ މަސައްކަތް ޖަރުމަނު ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ ޕާސްޕޯޓް ހެދުމަށް ބޭނުންކުރާ ބުކްލެޓްވެސް ފޯރުކޮށްދެނީ ޖަރުމަނުގެ ކުންފުންޏަކުންނެވެ. ނަމަވެސް އެ ކުންފުންޏެއްގެ ނަމެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ބުނެފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
31 Oct 2026 ދުނިޔެ

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ.

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
31 Oct 2026 ދުނިޔެ

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް

މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
28 Oct 2026 ދުނިޔެ

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
18 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް

ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ