ކޮންގްރެސް ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އޭއެފްޕީ
ކޮންގްރެސް ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އޭއެފްޕީ
ދުނިޔެ 21 Mar 2024 | 08:18

ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށް ބުނެ ކޮންގްރެސް ގެ ފާޑުކިޔުން މޯދީއަށް!

އިންޑިއާގެ ކޮންގްރެސް ޕާޓީގެ ބޭންކް އެކައުންޓްތައް އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީ އިން ފްރީޒް ކުރުމަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށް ބުނެ ކޮންގްރެސް އިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް އެ ޕާޓީގެ ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.

ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ބުނީ އެ ޕާޓީގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމުގެ ސަބަބުން ކުރިއަށް އޮތް އިންޑިއާގެ އިންތިހާބަށް އެ ޕާޓީން ކުރިމަތިލާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތައް ކުރިމަތި ވަމުންދާކަމަށެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު، ކޮންގްރެސް އާއި މެދު އަޅާފައިވާ ކްރިމިނަލް ފިޔަވަޅެއްކަން ސިފަކޮށް، ރާހުލް ބުނީ، އިންޑިއާގައި ޑިމޮކްރަސީ އެއް ނެތްކަމަށާއި، އެ ގައުމަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށް ބުނެ ފަތުރަމުންދަނީ ދޮގެއް ކަމަށެވެ.

"އިންޑިއާއަކީ ޑިމޮކްރަޓިކް ގައުމެއް ކަމަށް ބުނާ ޚިޔާލަކީ ދޮގެއް. މިއަދު އިންޑިއާގައި ޑިމޮކްރަސީއެއް ނެތް. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ބުނާ ޚިޔާލަކީ ދޮގެއް. އިންޑިއާގެ %20 އަޅުގަނޑުމެންނަށް ވޯޓު ދޭއިރު، އަޅުގަނޑުމެންނަށް 2 ރުޕީސް ވެސް އެއްވެސް ކަމަކަށް ދެއްކޭކަށް ނެތް."

ރާހުލް ގާންދީ

ރާހުލް ވިދާޅުވީ، މިއީ ކުރިއަށް އޮތް އެގައުމުގެ އިންތިހާބުގައި އެމީހުން ބަލިކަށިކޮށްލުމަށް އެޅި ފިޔަވަޅެއް ކަމަށާއި، އެޕާޓީގެ ބޭންކް އެކައުންޓްތައް އަންފްރީޒް ކުރިއަސް ޑިމޮކްރަސީ އަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި ކަމަށެވެ.

އިންޑިއާގެ އިންތިހާބާއި ކުރިމަތިލާން ދެމަހަށް ވެފައި އޮއްވާ ބީޖޭޕީ އިން އެޅި މި ފިޔަވަޅުގެ ސަބަބުން އެ ޕާޓީގެ އެއްވެސް މުއައްޒަފަކަށް ރުފިޔާ ނުދެވޭ ކަމަށާއި، އެއްވެސް ކެމްޕޭން ހަރަކާތެއް ވެސް ކުރިއަށް ނުގެންދެވޭއިރު، ކެނޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމުގައި ވެސް ދަތި ތަކެއް ހުރިކަން ރާހުލް ފާހަގަކުރިއެވެ.

އިންޑިއާގެ ލޯކް ސަބާ އިންތިހާބު އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.