ރާއްޖެ އާއި ކިރްގިސްތާނު ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްޕޯޓްސް ޑޮޓް ކޭޖީ
ރާއްޖެ އާއި ކިރްގިސްތާނު ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްޕޯޓްސް ޑޮޓް ކޭޖީ
ކުޅިވަރު 28 Sep 2026 | 17:53

ކިރްގިސްތާން އަތުންވެސް ރާއްޖެއަށް މޮޅެއް ނުވެވުނު

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި މިރޭ ދިވެހިރާއްޖެ އާއި ކިރްގިސްތާން ބައްދަލުކުރިމެޗް ފަސޭހަކަމާއެކު ކިރްގިސްތާނުން ކާމިޔާބުކޮށްފިއެވެ.

ކިރްގިސްތާނުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 5-0 ގެ ނަތީޖާއިންނެވެ. މިމެޗްގައި ފެނިގެންދިޔަ ފަސް ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގެ ކުޅުމުގެ ތެރޭގައެވެ. މެޗްގައި ކިރްގިސްތާނަށް ގޯލް ހުޅުވާލަދިނީ، 12 ވަނަ މިނެޓް ތެރޭގައި އެރްބޯލް އެވެ. މި ގޯލަކީ އޯފްސައިޑް ލަނޑެއްގެ ގޮތުގައި ބެލެވުނުނަމަވެސް ރެފްރީ ނިންމީ ލަނޑެއްގެ ގޮތުގައެވެ. މެޗްގައި ކިރްގިސްތާނުން ދެވަނަ ލަނޑު ޖަހާފައިވަނީ 20 ވަނަ މިނެޓް ތެރޭގައި  ސިރޮޖިއްދިން އަސްތަނަކުލޯވް އެވެ.

ރާއްޖެ އާއި ކިރްގިސްތާނު ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްޕޯޓްސް ޑޮޓް ކޭޖީ

އޭގެ ކުޑައިރުކޮޅެއް ފަހުން ކައިރާތު ޜިރްގަލްބެކް އޫލޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި، އެރްބޯލް އަތަބައޭވް ވަނީ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ދިވެހި ކުޅުންތެރިންނަށް މާބޮޑު ކަމެއް ނުކުރެވުނުއިރު، ކިރިގިސްތާންގެ ކުޅުންތެރިން ދިޔައީ ވަރަށް ފަސޭހަކަމާއެކު ރާއްޖޭގެ ކުޅުންތެރިން ކައިރިން ބޭނުންގޮތަކަށް ކުޅެމުންނެވެ.

ރާއްޖެ އާއި ކިރްގިސްތާނު ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްޕޯޓްސް ޑޮޓް ކޭޖީ

މެޗްގައި ކިރްގިސްތާނުގެ ހަތަރުވަނަ ގޯލް ވެލެރީ މުރުޒަކޯވް ކާމިޔާބުކުރިއިރު، ފަސްވަނަ ގޯލު ޖެހީ ކޯޖޯ ޖޮއެލްއެވެ. ދެވަނަ ހާފުގައި ކިރިގިސްތާންގެ ކޯޗު އުރުމަތު އަބްދުކައިމޯވް ވަނީ އޭނާގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ކިރްގިސްތާނުން ރާއްޖެ 5-0 ގެ ނަތީޖާއިން ބަލިކުރިއިރު، ޗައިނާއިން ވަނީ ރާއްޖެ ކޮޅަށް ތިން ލަނޑު ޖަހާފައެވެ. މުބާރާތުގައި ދެން ރާއްޖެ ނިކުންނާނީ ލުބުނާނާ ދެކޮޅަށެވެ. މިމެޗް އޮންނާނީ އަންނަ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.