"އިންޑިޔާ ޔުނިޓީ އެންޑް ޖަސްޓިސް މާޗް"ގައި ރާހުލް ގާންދީ ވާހަކަ ދައްކަވަނީ-- ފޮޓޯ/ މިންޓް
"އިންޑިޔާ ޔުނިޓީ އެންޑް ޖަސްޓިސް މާޗް"ގައި ރާހުލް ގާންދީ ވާހަކަ ދައްކަވަނީ-- ފޮޓޯ/ މިންޓް
ދުނިޔެ 24 Jan 2024 | 08:48

ރާހުލް ގާންދީއާއި، ކޮންގްރެސް ޕާޓީ ލީޑަރުން ތަކެއްގެ މައްސަލަ، އިންޑިޔާ ސަރުކާރުން ފުލުހަށް ހުށަހަޅައިފި!

އިންޑިޔާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ޒުވާނުންގެ ގޮފީގެ ޗެއާޕާސަން އަދި ގާނޫނު ހަދަ މަޖިލީހުގެ މެންބަރު، ރާހުލް ގާންދީއާއި، އެ ޕާޓީގެ އިސް ލީޑަރުންތަކެއް، ހަމަނުޖެހުން ހިންގައި، ދައުލަތުގެ މުދަލަށް ގެއްލުން ދީފައިވާކަމަށް ބުނެ، އެ ގައުމުގެ ސަރުކާރުގެން އެ ފަރާތްތަކާއި ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ، އަސަމް ގެ ސްޓޭޓް ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރުމާ އެވެ.

މިކަމާއި ގުޅިގެން ޗީފް މިނިސްޓަރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާހުލް ގާންދީގެ އިތުރުން، ދެން މައްސަލަ ހުށަހަޅާފައިވަނީ ކޮންގްރެސް ޕާޓީގެ، ކޭސީ ވެނުގޯޕާލް، ކަންނައްޔާ ކުމާރާއި، އެނޫންވެސް އެޕާޓީގެ އެހެން ބައެއް މެންބަރުންނާ ދެކޮޅަށް ކަމަށެވެ.

އަދި އެ މައްސަލަ ހުށަހަޅާފައިވަނީ, ހަމަނުޖެހުން ހިންގުމަށް އާއްމުންނަށް ހިތްވަރު ދިނުމާއި، ދައުލަތުގެ މުދާ ހަލާކު ކުރުމާއި, އަދި ފުލުހުންނަށް ހަމަލާ ދިނުމުން ކަމަށެވެ.

ރާހުލް ގާންދީއާއި، ކޮންގްރެސްގެ ލީޑަރުންތަކަކާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައި މިވަނީ, ކުރިއަށް އޮތް އިންތިޚާބާއި ދިމާކޮށް އެ ޕާޓީން ކުރިއަށް ގެންދާ ބޮޑު ހިނގާލުން، "އިންޑިޔާ ޔުނިޓީ އެންޑް ޖަސްޓިސް މާޗް" އަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށް އެގައުމުގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ކޮންގްރެސް ޕާޓީން ކުރިއަށް ގެންދާ "އިންޑިޔާ ޔުނިޓީ އެންޑް ޖަސްޓިސް މާޗް" އަކީ މިމަހު 14 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ ބޮޑު ހިނގާލުމެކެވެ. މިހިނގާލުން މަނިޕޫރު ސިޓީން ފަށާފައިވާއިރު، ނިންމާލަން ހަމަޖެހިފައިވަނީ މުމްބައި ސިޓީންނެވެ.

މި ހިނގާލުމުގެ ތެރެއިން، ސަރުކާރުން، ބޭއިންސާފުން ކުރަމުން އަންނަ ކަންކަމާއި، ތަކެތީގެ އަގު ބޮޑު ވުމާއި، ވަޒީފާގެ ބާޒާރުގައި ހިންގަމުންދާ ކޮރަޕްޝަނާއި، އަދި ފަގީރުންގެ މައްސަލަ ފަދަ ކަންކަމާއި ދެކޮޅަށް އަޑު އުފުލުން ކުރިއަށް ގެންދެއެވެ.

މީގެ ކުރިންގެ މިފަދަ ހިނގާލުން ކޮންގްރެސް ޕާޓީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާއިރު، މިފަހަރުގެ ހިނގާލުމުގެ ތެރެއިން ހަމަނުޖެހުން އުފެދި، މަޝްރަހު ހޫނު ވެގެންދިޔައީ، ހިނގާލުމުގެ ބައިވެރިންނަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެންނެވެ.

"އިންޑިޔާ ޔުނިޓީ އެންޑް ޖަސްޓިސް މާޗް"ގެ ތެރެއިން-- ފޮޓޯ/ މިންޓް

އެގޮތުން، އަސަމްގެ ފުލުހުން ވަނީ ބައިވެރިންނަށް ހުރަސް އެޅުމަށް މަގުމައްޗަށް ނުކުމެ، މަގުމަތީގައި ބެރިކޭޑް ޖަހައި މަގު ބަންދު ކޮށްފަ އެވެ. އެއާއެކު ހިނގާލުމުގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތައް ހިނގާފައިވާއިރު, ބައެއް ބައިވެރިންނާއި ފުލުހުންނާއި، ތަކެއްޗަށްވެސް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއާއެކު ރާހުލް ގާންދީއާއި ކޮންގްރެސްގެ ލީޑަރުންނާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާއިރު، އެކަމާއި ގުޅިގެން މީޑިއާ ތަކަށް މައުލޫމަތު ދެމުން ރާހުލް ގާންދީ ވަނީ، "ބެރިކޭޑްތައް ފޫއަޅުވާލި ނަމަވެސް، ގާނޫނާއި ޚިލާފް" ކަމެއް ނުކުރާ ކަމަށް ބުނެފައެވެ.

"ކޮންގްރެސްގެ މެންބަރުން އެކެއް ދެކެވެސް ބިރެއް ނުގަންނާނެ. އަހަރެމެން އަސަމް އިން ބީޖޭޕީ ބަލި ކުރާނަން. އަދި ކޮންގްރެސްގެ ސަރުކާރެއް ވަރަށް އަވަހަށް ގާއިމް ކުރާނަން."

ރާހުލް ގާންދީ

މީގެ އިތުރުން ރާހުލް ގާންދީ ވަނީ އަސަމްގެ ޗީފް މިނިސްޓަރަކީ އެންމެ ކޮރަޕްޓް ޗީފް މިނިސްޓަރު ކަމަށް ބުނެ، އޭނާ އާއި ދެކޮޅަށް 'ހަނގުރާމަ' ކުރާނެ ކަމަށް ބުނެފައެވެ.

ކޮންގްރެސް ޕާޓީން ވަނީ، އެޕާޓީގެ ލީޑަރުންނާއި ދެކޮޅަށް މައްސަލަ ހުށަހަޅަން ބޭނުން މިންވަރަކަށް ހުށަހަޅަން ވީ ކަމަށާ، އެހެން ނަމަވެސް، ޕާޓީން ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.