25 Feb 2025
ވަރަށް ހަލުވި، ބެންޗު ކުޑަކުރަން ކޮމެޓީން ފާސްކޮށްފި
ކޮމެޓީގެ ބައްދަލްވުމެއް މިއަދު ހަވީރު ވަނީ ބާއްވާފަ އެވެ. އެ ބައްދަލްވުމުގައި ބިލް އޮތްގޮތަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވޯޓެއް ނުދެއްވަ އެވެ.
25 Feb 2025
ވޯޓްގައި ބައިވެރިނުވީ ދެ މެންބަރެއް، ސަބަބު ބަލަނީ
ސްޕްރީމްކޯޓުގެ ބެންޗު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ސްޕްރީމްކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން ހުށަހެޅި މި ބިލް ހުށަހެޅީ މީގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗު އޮތްގޮތަށް ބޭއްވުމެވެ.
25 Feb 2025
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ އިސްލާހުގެ ކޮމިޓީ ބައްދަލުވުމުން ހަވީރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ ކޮމިޓީ ބައްދަލުވުން މިއަދު ހަވީރަށް ތާވަލްކޮށްފިއެވެ.
25 Feb 2025
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް މަޖިލީހަށް ބަލައިގެންފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
25 Feb 2025
މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދޭން އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލައި އެފަދަ އެއްވެސް އިޖުރާތެއް ކުރިއަށް ނުގެންދަން އަމުރުކޮށްދިނުމަށް މައްސަލަ ހުށައަޅާފައިވާ އަލީ ހުސެއިން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފިއެވެ.
24 Feb 2025
ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް ފައްޔާޒް ގޮވާލައްވައިފި
ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ގޮވާލައްވައިފިއެވެ.
24 Feb 2025
ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުން މަސައްކަތްކުރަނީ ނުފޫޒު ފޯރުވަން: ޑިމޮކްރެޓްސް
ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ހުށަހެޅީ، އެ ކޯޓަށާއި ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
23 Feb 2025
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުން ހުށަހަޅައިފި
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުކަމަށްވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުން ހުށަހަޅައިފިއެވެ.