ސްޕްރީމް ކޯޓު
21 Feb 2024
އަމުރެއް ނެރެފައިވަނިކޮށް، މަޖިލީހުން ނިންމި ނިންމުންތައް ސައްހަތޯ ބަލަނީ
ރައްޔިތުންގެ މަޖިލީހުން ރައީސް އަޒުލު ކުރުމުގެ ގަވާއިދަށް ގެނައި އިސްލާޙަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް، މަޖިލީހުން ނިންމި ނިންމުންތައް ސައްހަތޯ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
21 Feb 2024
ރައްދުވާ ފަރާތެއް ނެތް ގޮތަށް މައްސަލަ ކުރިއަށް ގެންދަނީ މަޖިލިހުން އެގޮތަށް އެދިގެން: އޭޖީ
މަޖިލީހުން ރައީސް އަޒުލުކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ރައްދުވާ ފަރާތެއް ނެތް ގޮތަށް ކުރިއަށް ގެންދަނީ މަޖިލިހުން އެގޮތަށް އެދިގެންކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
19 Feb 2024
ސްޕްރީމް ކޯޓުން މަޖިލީހުގެ މައްޗަށް އަމުރު ނެރުމަކީ ސީރިއަސް ކަމެއް
ސްޕްރީމް ކޯޓަކުން ޤާނޫނު ހަދާ މަޖިލީހެއްގެ މައްޗަށް ވަގުތީ އަމުރެއް ނެރުމުގެ މާނައަކީ ދައުލަތުގެ ބާރެއްގެ މަސައްކަތް ހުއްޓައިލުމަށް އަމުރުކުރުން ކަމަށާ، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
18 Feb 2024
އަޒުލުކުރުމާއި ގުޅޭ އިސްލާހުގެ މައްސަލައިގެ އަޑުއެހުން އަވަސްކޮށްފި
ރައީސް އަޒުލުކުރުމާއި ގުޅޭ މާއްދާއަށް މަޖިލީހުން ގެނައި އިސްލާހާއި ގުޅޭ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން އަވަސް އަވަސްކޮށްފިއެވެ.
15 Feb 2024
ގުޅިފަޅު ހިއްކުން ކުރިއަށް ގެންދާން އަމުރެއް ނެރެފި
ގުޅިފަޅު ހިއްކުން ވަގުތީ ގޮތުން ހުއްޓާލަން ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ދެންމެ އަމުރެއް ނެރެފި އެވެ.
15 Feb 2024
ގުޅިފަޅު ހިއްކުން ހުއްޓުވި މައްސަލަ އިސްތިއުނާފުކުރަނީ
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.
11 Feb 2024
ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުން ނިންމައިފި
ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، މަޖިލިހުން ވަކިވެފައި ތިބި މެންބަރުން ނުގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން މަޖިލީހުން މިއަދު ނިންމައިފިއެވެ.
11 Feb 2024
ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން، މަޖިލީހުގެ ރައީސް ގެ ކަންބޮޑުވުން
ރައީސް އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް މިވަގުތަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުން މަޖިލީހަށް އަމުރު ކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.