ސުޕްރީމް ކޯޓު-- ފޮޓޯ: ވޮއިސް
ހަބަރު
21 Feb 2024 | 19:30
ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް، މަޖިލީހުން ނިންމި ނިންމުންތައް ސައްހަތޯ ބަލަނީ

ރައްޔިތުންގެ މަޖިލީހުން ރައީސް އަޒުލު ކުރުމުގެ ގަވާއިދަށް ގެނައި އިސްލާޙަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް، މަޖިލީހުން ނިންމި ނިންމުންތައް ސައްހަތޯ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މިއަދު ހެނދުނު 10 ޖެހިއިރު ފެށި މި ޝަރީއަތް ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ ސުޕްރީމް ކޯޓުގެ އަމުރަށްފަހު ރައްޔިތުންނާ ގުޅޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ މަޖިލީހުން ނިންމި އެއްވެސް ނިންމުމެއްވާނަމަ ސުޕްރީމް ކޯޓާއި ހިއްސާ ކުރެއްވުމަށް، އެ އަޑުއެހުމުގައި އޭޖީގެ ފަރާތުން ވަކާލާތު ކުރައްވާ އެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ހަލީމްއަށް އަންގަވައިފައެވެ.

ސުޕްރީމް ކޯޓުގެ އަމުރަށްފަހު މަޖިލީހުން ކަންތައް ކުރަމުންގެންދިޔަ ގޮތާމެދު ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ކައުންސެލް ޖެނެރަލްއަށް ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ.

މިސުވާލު ތަކަށް ޖަވާބު ދެއްވަމުން ކައުންސެލް ޖެނެރަލް ވިދާޅުވީ، މަޖިލީހުން ކަންތައް ކުރިއަށްގެން ދިޔައީ ސުޕްރީމް ކޯޓުން އެންގޮ ގޮތާއި ޚިލާފަށް ކަމަށެވެ. މިގޮތުން މަޖިލީހުގެ  މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ނިންމުންތައް ނިންމަމުން ގެންދިޔަ ކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފައި ވަނީވެސް ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް ކަމަށް ވެސް ކައުންސެލް ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ މި މައްސަލަ ކޯޓުގައި އޮއްވާ، މިމަހުގެ 15 ވަނަ ދުވަހު އޮތް އާންމު ކޮމިޓީގެ ބައްދަލުވުމުގައި، ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނާ އެ ތިން މާއްދާ ގަވާއިދުން އުނިކުރުމަށް ފާސްކުރި ކަމަށް ވެސް ކައުންސެލް ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ ބަދަލުގައި ގަވާއިދުގެ 242 މާއްދާއަށް އަކުރެއް އިތުރުކޮށް އެ މާއްދާގައި ހިމެނުމަށް ވެސް ނިންމާފައިވަނީ ކޯޓުން އަމުރު ނެރެފައި ވަނިކޮށް ކަމަށާއި މިއީ ކޯޓުތަކުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ވިދާޅުވިއެވެ.

މިއަދު އޮތް މިމައްސަލައިގެ ޝަރީއަތް ނިންމާލައްވަމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ ސުޕްރީމް ކޯޓުގެ އަމުރަށްފަހު މަޖިލީހުން ފާސްކުރި ބިލްތަކާއި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމި ޔައުމިއްޔާ އެ ކޯޓަށް ހުށަހެޅުމަށް ކައުންސެލް ޖެނެރަލްއަށް އަންގަވައިފައެވެ.

އެ ހުށައެޅުންތަކަށް ބެއްލެވުމަށްފަހު، އިތުރު އަޑު އެހުމެއް ބާއްވަން ނުޖެހޭނަމަ، ދެން އޮންނާނީ ބަންޑާރަ ނައިބު އޮފީހުން ރައްޔިތުންގެ މަޖިލީހަށް ރައްދުވާގޮތަށް ހުށައަޅާފައިވާ މި ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.