ސުޕްރީމް ކޯޓު-- ފޮޓޯ: ވޮއިސް
ހަބަރު
18 Feb 2024 | 16:37
ރައީސް އަޒުލުކުރުމާއި ގުޅޭ އިސްލާހުގެ މައްސަލައިގެ އަޑުއެހުން އަވަސްކޮށްފި

ރައީސް އަޒުލުކުރުމާއި ގުޅޭ މާއްދާއަށް މަޖިލީހުން ގެނައި އިސްލާހާއި ގުޅޭ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން އަވަސް އަވަސްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ ބަންޑާރަނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ރައްދުވާގޮތަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިމަހުގެ 21 ވާ ބުދަ ދުވަހަށް އަވަސް ކުރެވިފައިވާ ކަމަށެވެ. މި އަޑުއެހުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތީ މި މައްސަލައިގެ އަޑު އެހުން މިމަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދާ ގޮތަށެވެ.

ސުޕްރީމް ކޯޓުން މިފަދައިން ނިންމާފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހު އޮތް އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނާ އެ ތިން މާއްދާ ގަވާއިދުން އުނިކުރަން ފާސްކޮށްފައެވެ. އަދި މީގެ ބަދަލުގައި ގަވާއިދުގެ 242 މާއްދާއަށް އަކުރެއް އިތުރުކޮށް އެ މާއްދާގައި ހިމެނުމަށް އެ ކޮމިޓީން ފާސްކުރިއެވެ. މަޖިލީހުގެ ކޮމިޓީން މިފަދައިން ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ އެ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަމުރެއް ނެރެފައިވަނިކޮށެވެ.

ބަންޑާރަ ނައިބު އޮފީހުން ހުށައެޅި މި މައްސަލައިގައި، މި މަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން މަޖިލީހަށް ކުރި އަމުރުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފެށުނީއްސުރެ މަޖިލީހުން އަމަލުުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމަށް ދެކޭ ކަމަށާއި، މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، މަޖިލިހުން ވަކިވެފައި ތިބި މެންބަރުން ނުގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ނިންމާފައެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވެސް ވަނީ މި އަމުރާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރައްވާ، ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމަށާއި ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ ނިންމުންތަކަކީ އެކަންކަމުގެ މައްޗަށް ކޯޓުގެ އިހުތިސާސް ނުހިނގާ ކަންކަން ކަމަށް ވިދާޅުވެފައެވެ. އަދި ވަކި ފަރާތަކުން މަޖިލީހުން ކަންތައްތައް ކުރަންޖެހޭ ގޮތް ބުނެދިނުން ބަލައިގަތުން ދަތިކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މިދިޔަ އަހަރު މަޖިލީހުގެ މި ގަވާއިދަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގުނަންޖެހޭނެ އެވެ. ނަމަވެސް ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

އެހެންނަމަވެސް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ އިސްމަގާމު ތަކަށް ބައެއް މެމްބަރުން އައްޔަނު ކުރުމަާއި ގުޅިގެން މަޖިލީހުގެ 7 ގޮނޑިއެއް ވަނީ ހުސްވެފައެވެ. މިއާއި އެކު ޖުމްލަ މެމްބަރުންގެ އަދަދު 80 އަށް ބަދަލުވެ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މި ގެނައި އިސްލާހާއި އެކު އެމްޑީޕީ ގެ 44 މެމްބަރުންނާއި އާއި ދަ ޑިމޮކްރެޓްސް 13 މެމްބަރުން ވޯޓް ލުމުން ރައީސް އަޒުލު ކުރެވޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.